ޚަބަރު

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ އަދަދު އިއްޔެއާއި އެއްވަރު، އެއީ 59 މީހުން

ކޮވިޑް-19 އަށް އިއްޔެއާއި، މިއަދު ޕޮޒިޓިވުވެފައިވަނީ އެއްވަރަކަށެވެ. ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރެއްވި ގޮތުގައި އެއީ 59 މީހުންނެވެ.

އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، މިއަދު ކޮވިޑް-19 އަށް 3،318 ސާމްޕަލް ޓެސްޓު ކޮށްފައިވާ ކަމަށެވެ. މީގެތެރެއިން ޕޮޒިޓިވުވި ސާމްޕަލްގެ އަދަދަކީ 59 ކަމަށެވެ.

މިއަދު މާލޭ އޭރިއާއިން 17 މީހުން ޕޮޒިޓިވުވިއިރު އަތޮޅުތެރޭ ރައްތަކުން ޕޮޒިޓިވުވެފައިވަނީ ނުވަ މީހުންނެވެ. މިއަދު އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވުވެފައިވަނީ ރިސޯޓުތަކުންނެވެ. މިގޮތުން ރިސޯޓުތަކުން ޖުމްލަ 33 މީހުން ޕޮޒިޓިވުވެފައިވެއެވެ. މީގެތެރެއިން 27 މީހުންނަކީ އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުގެ މުވައްޒަފުންނެވެ.

ކޮވިޑް-19 އަށް މުޅި ޖުމްލަ މިހާތަނަށް ޕޮޒިޓިވުވެފައިވަނީ14،277 މީހުންނެވެ. މީގެތެރެއިން މިހާތަނަށް މިބަލިން ރަނގަޅުވެފައިވަނީ 13،438 މީހުންނެވެ. މިވަގުތު މިބައްޔަށް 783 މީހުން ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން 55 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close