ބޭރުދުނިޔެ

އަފްޣާނިސްތާނުގެ ރޭޑިޔޯ ސްޓޭޝަނެއްގެ އެޑިޓަރު މަރާލައިފި

އަފްޣާނިސްތާނުގެ ރޭޑިޔޯ ސްޓޭޝަނެއްކަމަށްވާ ވޮއިސް އޮފް ގޯރގެ އިސް އެޑިޓަރު ބަޑިން ހަމަލާދީ މަރާލައިފިކަމަށް ބީބީސީން ރިޕޯޓްކޮށްފިއެވެ. މިއީ އެޤައުމުގައި މގޮތަށް ހަމަލާދީ މަރާލެވުނު 5 ވަނަ ނޫސްވެރިޔާކަމަށްވެސް ބީބީސީން ބުނެއެވެ.

އުމުރުން 28 އަހަރުގެ ބިސްމިﷲ އާދިލް އައިމަގް މަރާލާފައިވަނީ ވެރިކަންކުރާ ސިޓީގައި ކަމަށާއި، އޭނާއަށް އަމާޒުކޮށް ބަޑީގެ ޙަމަލާ ދީފައިވަނީ އޭނާގެ ކާރުގައި ދަތުރުކުރަމުން ދަނިކޮށްކަމަށް ރިޕޯޓްތައް ބުނެއެވެ.

ގޯރ ޕްރޮވިންސުގެ ގަވަރުނަރުގެ ނައިބު ވިދާޅުވީ ބިސްމިﷲ އާދިލް އައިމަގަށް ޙާމަލާދިނީ ކޮން ބައެއްކަން ސާފުވެފައި ނުވާކަމަށެވެ. ހަތިޔާރު އެޅި އެއްވެސް ޖަމާޢަތަކުން މިހާތަނަށް ޙަމަލާގެ ޒިންމާ އުފުލައިފައެއް ނުވެއެވެ.

އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީވަނީ މި މަރު ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވީ ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަމަށް އަފްޣާނިސްތާނުގެ ސަރުކާރުން ބާރު އަޅާ ހިތްވަރުދިނުމުގައި ދެމިތިބޭނެކަމަށެވެ. އަދި ޠާލިބާނުންނާއި އެހެނިހެން ނިރުބަވެރި ޖަމާޢަތްތަކުން ނޫސްވެރިންނަށް އަމާޒުކޮށް ދޭ ޙަމަލާތަކުން ނޫސްވެރިންގެ އަޑު ކަނޑުވާނުލެވޭނެކަމަށް ރައީސް އަޝްރަފް ޣަނީ ވިދާޅުވިއެވެ.

ޠާލިބާނުންނާއި އަފްޣާނިސްތާނުގެ ސަރުކާރާއި ދެމެދު ސުލްޙައިގެ ވާހަކަތައް ކުރިއަށްދާ ނަމަވެސް އެ ޤައުމުގައި ބަދަލުކުރަމުންދާ ޙަމަލާތައް މިހާރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިފަދަ ޙަމަލާތައް ނޫސްވެރިންނާއި ސަރުކާރުގެ މުވައްޒަފުންނާއި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ މީހުންނަށް އަމާޒުކުރާ މިންވަރުވަނީ އިތުރުވެފައެވެ.

މިދިޔަ ހުކުރު ދުވަހުގައިވެސް މަދަނީ ޖަމުޢިއްޔާއަކަށް ނިސްބަތްވާ އެކްޓިވިސްޓަކުވަނީ ކޮން ބައެއްކަން ނޭގޭ ހަނގުރާމަވެރިންތަކެއް ދިން ޙަމަލާއެއްގައި މަރުވެފައެވެ. ނަމަވެސް ނޫސްވެރިންނަށް ދޭ ޙަމަލާތަކަކީ ޠާލިބާނުންނާއި ގުޅުންހުރި ޙަމަލާތަކެއް ނޫންކަމަށް އެ ޖަމާޢަތުންދަނީ ބުނަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close