ޚަބަރު

ވަގުންގެ ހާއްޔަކަށް މިޤައުމު ވެ ނިމިއްޖެ – މުސްޠަފާ

ވަގުންގެ ހާއްޔަކަށް މި ގައުމު ވެ ނިމިއްޖެ ކަމަށާއި މުޅި ގައުމުގައި އޮތީ ވައްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ، ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދަ މޭރުމަކުން ޓްވީޓް ކުރައްވާފައިވާ އިރު މަރަދޫގައި ހުންނަ ރޫޓު ފިހާރައިން ގިނަ އަދަދެއްގެ ފައިސާ ވަނީވަގަށް ނަގާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 3 މިލިއަނެއްހާ ރުފިޔާ ވަނީ އެފިހާރައިން ވަގަށް ނަގާފައެވެ.

ކުރީގެ މެމްބަރު މުސްތަފާ ކުރެއްވި ޓުއީޓެއްގައި ވިދާޅުވީ، ވަގުންގެ ހާއްޔަކަށް މި ގައުމު ވެ ނިމިއްޖެ ކަމަށާއި މުޅި ގައުމުގައި އޮތީ ވައްކަން ކަމަށެވެ. އަމްބާ ކިޔާފައިވެސް ކުރަނީ ވައްކަން ކަމަށާއި، ފީސަބީލިއްލާހި ކިޔާފައިވެސް ޖެހުނު ދިމާލަކުން ޖެހުނު ތަނަކުން ކުރަމުންދަނީ ވައްކަން ކަމަށްވެސް މުސްތަފާ ކުރެއްވި ޓުއީޓުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މުސްތަފާގެ ޓުއީޓުގައި ވިދާޅުވީ، ވަގުން ހިފަންވެސް ތިބީ ހުސް ވަގުން ކަމަށް ވިދާޅުވެފައެވެ.

މިސްތަފާ މިހެން ވިދާޅުވެފައި ވާއިރު، އޭނާ އަންނަނީ ސަރުކާރުން ކުރަމުންދާ ކަންކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ސަރުކާރުގެ ވެރިންގެ ގޮތުގައި ތިބި މީހުން ހިޔާނާތްރެރި ވަމުންދާ ކަމަށް ބުނެފައެވެ.

އެއް ކޮމެންޓް

  1. ވަގުންނަށް ހީވާނީ ދެންވެސް ތިބޭނީ ހުސް ވަގުންނޭ މިބުނީ މުސްޠަފާބެ ތީ ވަގެކޭ ނޫނޭ

  2. ރޯމާ ދުވާލު ވައްކަން …………އައި ގޮތަށް އެކި ނަންނަމުގަ
    ގާތް މީހުންނަށް ސަރުކާރުގަ ހުރި ފައިސާ ކޮޅު ބަހާލީ..އޭގެ ފަހުގަ ރައީސް އޮފީހަށް ތިން ފަހަރު ދިން ބަޖެޓު ވެސް ވީގޮތެއް ނޭނގުނު.މިނިސްޓަރުން ބައި އެޅޭ ގޮތަށް ކެއީ.ރައްޔިތުން ވާހަކަ ދައްކަން ފެށީމާ މަސްއަލަ ބަލަނީ ކަމަށް ހަދާލީ. އަދި ބުރޯ އަކު ލައްވާ ގެންދަނީ ހައްގު ފައިސާ ނަގާ ކަމުން.

  3. ކޮންމެ ސަރުކާރަކުންވެސް ކުރާކަމީ ތި އެމީހަކަށް ލިބުނު ގޮތަކަށް ފައިސާކޮޅު ދަވާލަނީ ސަލާމަތެއްނެތް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close