ޚަބަރު

އަދާލަތު ޕާޓީގެ އެތެރޭގެ އިންތިޚާބު މި ޖެނުއަރީ މަހު ބާއްވަނީ

އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު މި ހިނގާ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަމަށް އެ ޕާޓީ އިން ބުނެފިއެވެ.

އަދާލަތު ޕާޓީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ތިން ވަނަ ދައުރުގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް ބޭފުޅުން އައްޔަނުކުރާނެއެވެ.

އަދާލަތު ޕާޓީގެ ފަރާތުން ވަނީ 23 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅުން އެކަމަށް ކަނޑައަޅާފައިވާ ފޯމާއި ކުށުގެ ރެކޯޑު ފޯމް މިމަހުގެ 9 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ޕާޓީ އޮފީހަށް ހުށަހެޅުމަށް އެދިފައެވެ.

އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައި މިވަގުތު ހުންނެވީ ހޯމް މިނިސްޓަރ އިމްރާނު އަބްދުﷲ އެވެ. މިސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރަކީވެސް އަދާލަތު ޕާޓީގެ އިސްބޭފުޅެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close