ޚަބަރު

“ވިސްނާ” ޖަލްސާއަށް ހުއްދަދީފި

ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން “ވިސްނާ”ގެ ނަމުގައި ހޮނިހިރު ދުވަހު ބައްވަން އިއުލާންކުރި ޖަލްސާ ބޭއްވުމުގެ ހުއްދަ މާލެ ސިޓީ ކައުންސިލުން ދީފިއެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާއު ވިދާޅުވީ ޖަލްސާ ބޭއްވުމުގެ ޙުއްދަ ސިޓީ ކައުންސިލުން ދީފައިވާކަމަށާއި، ޖަލްސާ ބޭއްވުމަށް އެޕާޓީގެ ކަމާއި ގުޅުންހުރި ފަރާތްތަކާއި ފުލުހުންނާއެކުވެސް ބައްދަލުވުމެއް ބާއްވައި މަޝްވަރާކުރެވިފައިވާކަމަށެވެ.

“ކާނިވާ ސަރަހައްދުގެ ޖަލްސާ ބާއްވާ ސަރަހައްދުގައި ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރިއަށްގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން ފުލުހުންވަނީ ދެއްވާފައި” ޝުޖާއު ވިދާޅުވިއެވެ.

ކާނިވާ ސަރަހައްދުގައި ހޮނިހިރު ދުވަހުގެ ރޭ 8:30ގަ ބާއްވާ ޖަލްސާގައި ބާއިވެރިވާ ފަރާތްތަކުން ގައިރުކަން ބެހެއްޓުމަށާއި ބޮޑުތަކުރުފާނު މަގަށްވާގޮތަށް ސައިކަލްތައް ޕާކު ނުކުރުމަށް ކޯލިޝަނުންވަނީ އެދިފައެވެ.

ޖަލްސާ ބާއްވާނީ ގައިދުކޮށް ތިބެވޭގޮތަށް ގޮނޑިޖަހައި އެސަރަހައްދުގައި އަތް ދޮވެވޭނެ އިންތިޒާމާއި ސެނިޓައިޒް ކުރެވޭނެހެން އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށްކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދުވަނީ ބުނެފައެވެ.

ޝުޖާއު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ރަށްތަކުގައި އޮންލައިންކޮށް ޖަލްސާތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close