ޚަބަރު

ޓެކްނިކަލް މައްސަލައަކާހެދި ނަތީޖާ ލިބުން ލަސްވެދާނެ – އެޗްޕީއޭ

ކޮވިޑް-19 ގެ ސާމްޕަލްތައް ރަޖިސްޓަރ ކުރުމާއި، ނަތީޖާ އެންޓަރ ކުރުމަށް ބޭނުންކުރާ ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ކޯވިޑް-19ގެ ސާމްޕަލްތަކުގެ ނަތީޖާ ލިބުމުގައި ލަސްވެދާނެކަމަށް ހެލްތް ޕޮރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރެޕިޑް ރެސްޕޮންސް ޓީމާއި ލެބޯޓްރީގައި، ސާމްޕަލްތައް ރަޖިސްޓަރ ކުރުމަށާއި ނަތީޖާ އެންޓާ ކުރުމަށް ބޭނުންކުރާ ސިސްޓަމުގައި ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. އެހެންކަމުން ނަތީޖާ ލިބުމުގައި ލަސްވެދާނެކަމަށާއި މިހާރު މައްސަލަ ހައްލުކުރުމަށް އެޗްޕީއޭގެ އައިޓީ ޓީމުން މަސައްކަތް ކުރަމުންދާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑް-19އަށް ޓެސްޓް ކުރުމަށްޓަކައި ކޮންމެދުވަހަކުވެސް ހާހަކަށްވުރެ ގިނަ ސާމްޕަލްތައް ނަގައެވެ. އަދި އެ ސާމްޕަލްތަކުގެ ނަތީޖާ 24 ގަޑިއިރުގެ ތެރޭގައި ލިބޭނެ އިންތިޒާމް ހަމަޖައްސައެވެ. މީގެ ތެރޭގައި މާލެއާއި އަތޮޅުތަކުންނާއި ރިސޯޓްތަކުން ނަގާ ސާމްޕަލްތައް ހިމެނެއެވެ. އަދި އެ ސާމްޕަލްގެ ނަތީޖާތައް އެމީހަަކަށް އެސްއެމްއެސްގެ ޒަރިއްޔާއިންނާއި އެޗްޕީއޭގެ “ހާލު ބެލުން”ޕޯޓަލުންވެސް ފެންނަން ހުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close