ޚަބަރު

އޮންލައިންކޮށް ކައިވެނިކޮށްދިނުން ހުއްޓާލައިފި

ކޮވިޑް 19 ގެ ސަބަބުން އޮންލައިން ކޮށް ކައިވެނި ކޮށްދޭ ގޮތަށް ހަމަޖައްސާފައި އޮތްއޮތުން ނިމުމަކަށް ގެނެސް ކުރިއެކޭވެސް އެއްގޮތަށް ކޯޓުގައާއި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭން ނިންމައިފިއެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކޯޓާއި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭން ފަށައި، އޮންލައިންކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށް ފެމެލީ ކޯޓުން ވަނީ ވިދާޅުވެފައެވެ.

ފެމެލީ ކޯޓުން އިތުރަށް ވިދާޅުވީ، ކޯޓުން ބޭރުގައި ކައިވެނި ކުރަން ބޭނުންވާ މީހުންނަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފަހު ކައިވެނި ކޮށްދޭނެ ކަމަށެވެ.

ކޮވިޑް 19 ރާއްޖައި ވަރަށް ހަލުވިކަމާއިއެކު ފެތުރުމުން، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އެޅުމަށްފަހު މިހާރު ދަނީ މަޑުމަޑުން ލުއިތައް ދީ އާއްމު ހާލަތަށް ބަދަލުވަމުންނެވެ. އެގޮތުން ސަރުކާރުން ވަނީ ކަރަންޓީނު ވާން ޖެހޭ މުއްދަތު ވެސް 14 ދުވަހުން 10 ދުވަހަށް ކުރުކުރުމަށް ނިންމާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close