ޚަބަރު

މިސްކިތްތަކަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 40 އަށް އަރައިފި

ނިއުޒިލޭންޑްގެ ކްރިސްޗާޗް ސަރަހައްދުގެ ދެ މިސްކިތަކަށް މިއަދު ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 40 އަށް އަރައިފި ކަން ނިއުޒިލޭންޑް ސަރުކާރުން ކަށަވަރު ކޮށްދީފިއެވެ.

ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖެސިންޑާ އާޑެން ދާދި ދެންމެ ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކްރިސްޗާޗްގެ މިސްކިތްތަކުގައި ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 40 އަށް އަރާފައިވާ ކަމަށެވެ.

މީޑިއާތަކުން ބުނާ ގޮތުގައި ހަމަލާތައް ދީފައި ވަނީ ހުކުރު ދުވަހު އަސްރު ނަމާދު ވަގުތު ގިނަ އަދަދެއްގެ ބަޔަކު މިސްކިތުގައި ތިއްބައެވެ.

ގުޅުންހުރި ލިޔުންތައް

މިސްކިތްތަކަށް ހަމަލާ ދިނުމުގައި ބައިވެރިވި ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ތިން ފިރިހެނުންނާއި ހަތަރު އަންހެނުންނެވެ. ނިއުޒިލޭންޑްގެ ބޮޑުވަޒީރު ދެންމެ ވިދާޅުވީ ހަމަލާ ދިނުމުގައި ނިއުޒިލޭންޑްގެ އެކަކު ބައިވެރިވެފައިވާ ކަން ކަށަވަރު ކުރެވޭ ކަމަށެވެ.

މިއަދު ހަމަލާ ދިން ކްރިސްޗާޗް ސަރަހައްދަކީ ގިނަ އަދަދެއްގެ ދިވެހިން ވެސް ދިރިއުޅޭ ސަރަހައްދެކެވެ. ނަމަވެސް މިހަމަލާގައި ދިވެއްސަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close