ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބު އަންނަ މާރޗް މަހުގެ ފުރަތަމަ ހޮނިހިރުގައި

އިންތިޚާބު ބޭއްވުން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ މާޗު މަހުގެ ފުރަތަމަ ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރީތައްވަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިރޭ “ރާއްޖެ ޓީވީ” ޕްރޮގްރާމެއްގައި މިރޭ ވިދާޅުވީ އިންތިޚާބު އިއުލާން ކުރަން ޖެހޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ ހަތް ދުވަސް ތެރޭގައި ކަމަށެވެ. ނަމަވެސް އިންތިޚާބުގެ ކަންކަމަށް ތައްޔާރުވަމުންދާ ކަމަށާއި މިހާރު ޝެޑިއުލް ކޮށްފައި ވަނީ މާޗް މަހުގެ ފުރަތަމަ ހޮނިހިރު ދުވަހު އިންތިޚާބު ބާއްވަން ކަމަށެވެ.

ޝަރީފް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ކައުންސިލް އިންތިޚާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހުގެ ޤާނޫނު ބުނާ ގޮތުން އިންތިޚާބު ބާއްވާ ނިންމަން ޖެހެނީ އެޤާނޫނު ތަސްދީގު ކުރިތާ އެއްއަހަރު ދުވަސް ތެރޭގައި ކަމަށެވެ. އެހެންކަމުން އިންތިޚާބު ބާއްވާ ނިންމަން ޖެހެނީ މެއި މަހުގެ ތެރޭގައި ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

“ނަމަވެސް އޭގެ ކުރިން ރޯދަ މަސް އެބައާދޭ. އިންތިޚާބެއް ރޯދަ މަހު ބޭއްވުން އެއީ އެންމެ އެދެވިގެންވާ ގޮތް ނޫންކަމަށް އަދި އިންތިޚާބުގައި ވޯޓް ލުމަށާއި ކެމްޕޭން ކުރުމަށް އުނދަގޫތަކެއް ހުންނާނެ ކަމަށް ލަފާކޮށް އަޅުގަނޑުމެން ރޯދަ މަހުގެ ކުރިން އިންތިޚާބުގެ ނަތީޖާ ފާޅުކޮށް ނިންމަން އެތާރީޚަށް ޝެޑިއުލް ކޮށްފައި މިވަނީ.” ޝަރީފް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގުދެމިގެން ދާނެކަމަށް ވަނީ ނިންމާފައެވެ. ކައުންސިލް އިންތިޚާބު ލަސްކުރީ ޕާޓީތަކުން ޕްރައިމަރީ ބާއްވާ ކެމްޕޭން ވެސް ފެށި ފަހުންނެވެ. އިންތިޚާބު ލަސްކުރުމުން ކައުންސިލް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން 40 ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close