ޅެން

އެކުއުޅެން އުނދަގޫކަމެއް…!

ފިކުރާ ޚިޔާލު ދެގޮތްވުމީ އެކުގައިއުޅެން އުނދަގޫކަމެއް،

                        ފިކުރީގޮތުން ހުރުމުންފަރަގު އެއްގޮތްކުރަން އުނދަގޫކަމެއް.

އެކިކަންކަމާ މެދުގައިދެކޭ އެކިގޮތްގޮތުން އުފެދޭ ގުޖަޑު،

ގުޅުންހުރި ލިޔުންތައް

                       ވަކިވާންނުޖެހި އެކުގައިއުޅުން އެހިނދުންއެއީ އުނދަގޫކަމެއް.

ދީނީގޮތުން ހުރިވާޖިބާ ސުންނަތްތަކަށް އިހުމާލުވުން،

                          ދީނީގޮތުން މިފަރަގުހުރުން އެކުގައިއުޅެން އުނގޫކަމެއް.

މީހުންގެ ނެތިމޮށެހެދުމަކީ ބޮޑުނުބަޔަކަށް ވީހިނދުއެކަން،

                         މީހުންގެ ހުރި އެކިއައިބުތައް ކިޔުމީއަހަން އުނދަގޫކަމެއް.

މަސްލަޙަތު ގެއްލޭ ކަންތަކާ ދޭތެރެޖެހޭފަދަ ކަންތަކާ،

                          ވިސްނާލުމެއްނެތި ކޮށްއުޅޭ ނަމައީއުޅެން އުނދަގޫކަމެއް.

އެއްއާއިލާ އެއްކަމުވެގެން އުޅެމުން ފަޟީޙަތް ކޮށްހަދައި،

                          ކަމުގައިވަނީ ނަމައީބުނަން މީކެތްކުރަން އުނދަގޫކަމެއް.

ކުރެވޭ ސަމާސާއެއް ގޮތުން ބުނެލާ ބަހާމެދު ރުޅިއައިސް،

                        އެވެރިންތެރޭ މަސްއަލަޖެހުން މީއެކުއުޅެން އުނދަގޫކަމެއް.

އެކިގޮތްގޮތުން ބައްދަލުވެވޭ މީހުންތެރޭ ފަތިފުށްކިޔާ،

                        ވަކިއެއްކަމެއްނެތި ފޫދިއުން އެކުގައިއުޅެން އުނދަގޫކަމެއް.

ދިރިއުޅުމުގައި ކަންނެތްވުމާ މުޑުދާރު ގޮތްކުޑަކަންހުރުން،

                       ދިރިއުޅުމުގައި މިގޮތަށްވުމުން އެކުގައިއުޅެން އުނދަގޫކަމެއް.

ވިސްނާ ފިކުރުކޮށް ކަންތަކާ ކެތްތެރިވެގެން އެކިކަންތަކާ،

                      ވިސްނުން އެގޮތުގައި ނުހުރުމީ އެކުގައިއުޅެން އުނދަގޫކަމެއް.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close