ޚަބަރު

ހުޅުމާލޭ ކައިރީގައި އޮތް ދޯންޏަކުން 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދައިފި

ހުޅުމާލޭ ކައިރީގައި އޮތް ދޯންޏަކުން 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދައިފި ކަމިޝަނަރ އޮފް ޕޮލިސް ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހޯދާފައިވާ މަސްތުވާތަކެތީގެ ތެރޭގައި ހެރޮއިންއާއި މެތަފެޓަމިން ހިމެނޭ ކަމަށެވެ.

ފުލުހުން ވިދާޅުވީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓާއި މެރިން ޕޮލިސް ގުޅިގެން ހިންގާ މި އޮޕަރޭޝަންގައި ހުޅުމާލޭގެ އެކި ތަންތަން ބަލާ ފާސްކުރަމުންދާކަމަށެވެ.

ފުލުހުން ވަނީ މިހަފްތާގައި އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ހިންގި ޑްރަގްގެ ބޮޑު އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ކުރިއަށް ގެންދިޔަ އެއޮޕަރޭޝަންގައި ގާތްގަނޑަކަށް 98.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށާއި އޭގެތެރޭގައި އެމް.ޑީ.އެމް.އޭ އާއި، އެމްފިޓަމިން އާއި ހެރޮއިން ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.

އައްޑުއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ޢަބްދުﷲ އިބްރާހީމް އަކީ 2019 ޖުލައި 30 ވަނަދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރުމަށްފަހު ތަހުގީގު ފުރިހަމަކޮށް މައްސަލަ ޕީޖީއޮފީހަށް ފޮނުވުމުން މައްސަލަ ކޯޓަށް ވައްދާފައިވަނިކޮށް 2019 ސެޕްޓެމްބަރ 30 ވަނަދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ މީހެއްކަމަށާއި، އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގެ ރެކޯޑް އާއި އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ ފަރާއްކަމަށް ފުލުހުން ފާހަގަކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close