ޚަބަރު

މިއަދު ޢަޞުރު ނަމާދުން ފެށިގެން މާލޭ ހުކުރު މިސްކިތް އަލުން ހުޅުވަނީ

މިއަދު ޢަޞުރު ނަމާދުން ފެށިގެން މާލޭ ހުކުރު މިސްކިތް އަލުން ހުޅުވާގޮތަށް ހެރިޓޭޖް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އަހަރެއްހާ ދުވަހު މަރާމާތަށް ބަންދުކޮށްފައި ހުރުމަށްފަހު މިއަދު އެ މިސްކިތް ހުޅުވާއިރު އެ މިސްކިތުގެ އަބާތުރަފިލުވުމަށް ބަންދުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ ޓީމެއްކަމަށްވާ “އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާ”އިންނެވެ.

ހެރިޓޭޓް މިނިސްޓްރީން ބުނީ އާބާތުރަފިލުވުމުގެ މަސައްކަތުގެދަށުން މިސްކިތުން ކަތުރުފަނި ނައްތާލުމުގެ ފަރުވާ ދިނުމާއި، ހިރިގަލަށް ފަރުވާދިނުމާއި އަދި ކާޕެޓު ނަގައި ދިގުމުއްދަތަށް ދެމިހުންނާނެ ނެވިލޯންވަނީ ފްލޯގައި އަޅާފަ އެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ އެ މިސްކިތް މި ހަފްތާގައި ހުޅުވަން ނިންމީ މިއީ އިސްލާމީ ދުނިޔޭގެ ގައުމުތަކުން ފާހަގަކުރާ “ހެރިޓޭޖް ޑޭ އިން ދަ އިސްލާމިކް ވާލްޑް” ދުވަސް ފާހަގަކުރާ ހަފްތާއަށްވާތީ އެއާ ގުޅުވައިގެން ކަމަށެވެ.

1656ވަނަ އަހަރު ބިނާކުރެއްވި މާލެ ހުކުރު މިސްކިތަކީ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އަދި ތާރީޚީ އެއް މިސްކިތެވެ. ދިވެހިންގެ ހުނަރުވެރި އަތްތެރި މަސައްކަތްތަކާއި، ހިރިގަލުގެ މަސައްކަތްތައް ވަރަށް ފުރިހަމައަށް ފެންނަ މި މިސްކިތް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މާލެއަށް ޒިޔާރަތްކުރާ ބައެއް ޓޫރިސްޓުން ވެސް މި މިސްކިތް ބަލައިލަން ޒިޔާރަތްކުރެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close