ޚަބަރު

ރޭ ކުރި ވިއްސާރައިގައި ސަތޭކައަހަރުވީ އަނބުގަހެއް ވެއްޓިއްޖެ

ރޭ ކުރި ވިއްސާރާގައި ނ.ލަންދޫގައި ހުރި 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ތާރީޚީ ބިޔަ އަނބުގަސް މުލުހުން ލުހިގެން ވެއްޓިއްޖެއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑުބަޔަކަށް “އޮރެންޖް” އެލަރޓް ނެރެފައިވަނިކޮށް ރޭ ދަންވަރު ގާތްގަޑަކަށް 1:00 ހާއިރު އައި ވަރަށްބާރު ވިލާގަނޑެއްގައި ލަންދޫ އަނބުގަސް ވެއްޓިފައިވާއިރު މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް އެތާކައިރީގައި ހުރި ދެގެއަކަށް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ. މި ދެ ގެއަކީވެސް މީހުން ނޫޅޭ ފަޅަށް ހުރި ދެ ގެއެވެ.

އަނބުގަސް ވެއްޓުމުގެ ސަބަބުން އެސަރަޙައްދުގެ އެންމެ ބޮޑު މަގު އެއްކޮށްވަނީ ބަންދުވެފައެވެ. އެހެންކަމުން ވެއްޓިފައިވާ އަނބުގަސް ނެގުމުގެ މަސައްކަތް ވެރިފަރާތުން މިހާރު ދަނީ ކުރަމުންނެވެ.

ރޭގެ ވިލާގަނޑުގައި އެރަށުގެ އެކި ހިސާބުތަކުގައި ހައްދާފައިވާ ފަތްކެޔޮގަސްތަކާއި، ބައެއް އެހެނިހެން ގަސްގަހަށްވެސް ގެއްލުން ވެފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close