ޚަބަރު

ބައްޕާފުޅުގެ ފަޅިއަށް ނާރާ ހުރީ އެއްވެސް ކަމެއްގައި ފިތިގެނެއްނޫން – ޣައްސާން

މައުމޫން އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު ހިޔާލުތަފާތުވުންތައް އުފެދުނުއިރު ބައްޕާފުޅު ( މައުމޫން ) ގެ ފަރާތްޕުޅަށް ނާރުއްވާ ހުންނެވީ އެއްވެސްކަމެއްގައި ތާށިވެ ފިތިގެން ނޫންކަމަށް ކުރީގެ ރައީސް މައުމޫން ޢަބުދުލް ޤައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޔާމީންގެ ފަޅީގައި ޣައްސާން ހުންނެވިއިރު، ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ބައްޕާފުޅު މައުމޫންގެ ފަޅިއަށް ނާރުއްވައި ޣައްސާން ޔާމީންގެ ފަޅީގައި ހުންނެވީ އެމްއެމްޕީއާރްސީގެ މައްސަލައެއްގައި ޣައްސާން ތާށިވެފައި ހުރުމުންނެވެ.

މިކަމާ ގުޅޭގޮތުން އޮންލައިން ނޫސް އަވަސް އިން ގެނެސްދޭ “އަވަސް ހުކުރު” ޕްރޮގްރާމްގައި މިއަދު ވާހަކަދައްކަމުން ޣައްސާން ވިދާޅުވީ އެއީ އެއްވެސް ވަރަކަށް ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއް ނޫން ކަމަށާއި އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ފައިސާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

“އެއްވެސް ގުޅުމެއް ނޯންނާނެ” އެމްއެމްޕީއާރްސީ އަދި އެމްއެމްޕީއާރްސީގެ ފައިސާއާ ގުޅުމެއް އޮންނާނެތޯ ސުވާލު ދެންނެވުމުން ޣައްސާން ވިދާޅުވިއެވެ.

ޣައްސާން މިމޭރުމުން ވާހަކަފުޅުދައްކަވާފައިވާއިރު ، އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ތާއީދާއެކު ޣައްސާން ވަނީ ގުރައިދޫ ދާއިރާއަށް ވާދަކުރައްވާ ކަން އިއުލާން ކުރައްވައި ކެމްޕެއިންވެސް ފައްޓަވާފައެވެ. އަނެއްކޮޅުން ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ތާއީދާއެކު މުހައްމަދު އިބްރާހިމް މަނިކުވެސް އެދާއިރާއަށް ވާދަކުރައްވައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ރިޕޯޓު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމުކޮށްފައިވާއިރު، އެ ރިޕޯޓުގައި ހިޔާނާތުގެ ފައިސާ ވަން ސްކޯސް އޮފް ފްލެެއާ (އެސްއޯއެފް) ކުންފުންޏާ އެކު މުއާމަލާތްކޮށްފައިވާ ފަރާތްތަކާއި އަދި ކުންފުނިތަކުގެ ނަންތައް މި ރިޕޯޓުގައި ވަނީ ހާމަކޮށްފައެވެ. އޭގެތެރޭގައި ޣައްސާންގެ ނަމެއް ހިމެނިފައެއް ނުވެއެވެ.

އެއް ކޮމެންޓް

  1. Hama fithifa hury, kithamme fufunas thee hama ehleyeh ok fitheynee meehaku thivarah amihla bafayah nubaiykoh hithi meehaku fitheyne adhi fahun kanthah hunaanee aahirathuga

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close