މިއަދު ޕޮޒިޓިވްވީ 137 މީހުން
ރާއްޖެއިން ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 137 މީހުންކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި އަންގާރަ ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ބުދަ ދުވަހުގެ އިރުއޮއްސި 18:00އާ ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 129 މީހުންނެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 8 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 96 މީހުންނަކީ ދިވެހިންނެވެ. ދެން މީގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 26 މީހަކާއި، އިންޑިއާގެ 12 މީހަކާއި، ސްރީލަންކާގެ 3 މީހަކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމުލަ 8140 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ. މީގެ ތެރެއިން 5053 މީހުންނަކީ ދިވެހިންނެވެ. އަދި 3087 މީހުންނަކީ ބިދޭސީންނެވެ.



