ޚަބަރު

ބޯޑާ ކޮންޓްރޯލް ނިޒާމް މާފަރުއެއަރޕޯޓްގައި ޤާއިމު ކޮށްފި

ނ.މާފަރު އެއަރޕޯޓްގައި ބޯޑަރ ކޮންޓްރޯލް ނިޒާމް ޤާއިމުކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނިލޮޖީއިން ވިދާޅުވީ ބޯޑާ ކޮންޓްރޯލް ނިޒާމް މާފަރުގައި ޤާއިމުކުރުމާއެކު ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖޭގައި ޚިދުމަތްދޭ ހުރިހާ ވައިގެ ބަނދަރުތަކުގައާއި ކަނޑުގެ ބަނދަރުތަކުގައި މި ޚިދުމަތް މިހާރު ފުރިހަމަވެފައިވާކަމަށެވެ.

މި ނިޒާމަކީ ރާއްޖޭގެ ބޯޑަރު ހުރަސްކުރާ މީހުންގެ މަޢުލޫމާތު ރައްކާކޮށް، ރާއްޖޭގެ ބޯޑަރު ސަރަޙައްދު ބެލެހެއްޓުމާއި، ޤަވައިދާ ޚިލާފަށް ބޯޑަރު ހުރަސްކުރާ މީހުން ދެނެގަތުމަށްވެސް އެހީވެދޭ ނިޒާމެކެވެ. ބޯޑަރ ކޮންޓްރޯލް ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީގެދަށުން ހިންގާ ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ފަރާތުންނެވެ. މި މަސައްކަތް މުޅިން ފުރިހަމަކޮށްފައިވަނީ މިމަހުގެ 19ވަނަ ދުވަހުއެވެ.

ރާއްޖޭގެ ބޯޑަރ ސިސްޓަމް މިދިޔައަހަރުވަނީ އެންމެ ޒަމާނީ ބޯޑަރ ކޮންޓްރޯލް ސިސްޓަމަށް އަޕްގްރޭޑްކޮށްފައެވެ. މި ސިސްޓަމްތަށް ބޭނުންކުރަމުގައި އިތުރު މަސައްކަތްތަކަށް އެން.ސީ.އައި.ޓީގެ ފަރާތުން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމަށް މިނިސްޓްރީއިންވަނީ ވިދާޅުވެފައެވެ.

ނ.މާފަރު އެއަރޕޯޓަކީ އިންޓަރނޭޝަނަލް ފްލަޓްތަކަށް ޚިދުމަތްދެވޭގޮތަށް ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close