ޚަބަރު

ރޭގެ މުޒާހަރާގައި ފުލުހުންގެ ގަޔަށް ކުޅުވެސްޖަހައިފި

ރޭ އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑާއިއެކު ކުޅުވެސްޖަހައިފިއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއެއްގައި ފެންނަނީ ދެފުލުހެއްގެ ގަޔަށް ހައްޕުނޑާއެކު ކުޅުޖަހާފައިވާ މަންޒަރެވެ.   

ކޮމިޝަނަރ އޮފް ޕޮލިސް ހަމީދުވެސް ވަނީ އެކަން ކުށްވެރި ކުރައްވާފައެވެ. ސީޕީ ރޭ ވިދާޅުވީ އެ ދެ ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހީ އެމީހުން ފުލުހުންގެ ވާޖިބު އަދާކުރަމުންދަނިކޮށް ކަމަށާއި އެކަން ކުއްވެރި ކުރައްވާ ކަމަށެވެ. އަދި އެހާ ބޮޑަށް ކޮވިޑް ފެތުރެމުންދާ މިދަނޑިވަޅުގައި އެކަން ކުރުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ސީޕީ ރޭ ކުރެއްވި ޓްވީޓާއެކު އާންމުކުރެއްވި ފޮޓޯގައި ފުލުހެއްގެ ޔުނީފޯމަށް ހައްޕުނޑު ޖަހާފައި ހުރިތަން ފެނެއެވެ. އަދި ކަރާއި މޫނުގައިވެސް ކޮންމެވެސް ވަރަކަށް ހައްފުނޑު ހުރިތަން ފެނެއެވެ.

ރޭ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާ ހުއްޓުވުމަށް ޕެޕާ ސްޕްރޭ ބޭނުން ކުރިއެވެ. އޭގެ އަސަރު މުޒާހަރާގެ ބައިވެރިންނަށް ކުރި ނަމަވެސް، އެމީހުން ވަނީ ނުހުއްޓި ކުރިއަށް ހިނގާފައެވެ.

އެ މުޒާހަރާގައި ބައެއް މީހުން މާސްކު ނާޅައި ގައިދުރުކަމެއް ނެތި އުޅޭތަންވެސް ފެނިގެންދިޔައެވެ.

އިއްޔެ ރެކޯޑް އަދަދަކަށް ދިވެހިން ޕޮޒިޓިވް ވެފައި ވާއިރު، ޖުމްލަ، 92 ދިވެހިންނަށް ވަނީ ކޮވިޑް ޖެހިފައެވެ. އިއްޔެ ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު 137 އަށް އަރާފައިވާއިރު، އެެއްވެސް މީހަކު ބަލިން ރަނގަޅުވެފައެއް ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close