އިތުރު 55 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
އިއްޔެގެ ހަވީރު 6 ން މިއަދުގެ ހަވީރު 6 ށް ރާއްޖޭގައި ކޯވިޑް-19އަށް 55 މީހުން ޕޮޒިޓިވްވެއްޖެކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދުވެސް ގިނައީ ދިވެހިންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ދިވެހިންގެ 31 މީހުންނާއި، ބަންގްލަދޭޝްގެ 21 މީހުންނާއި، އިންޑިއާގެ 2 މީހުންނާއި، ސްރީލަންކާ މީހެކެވެ.
މިއާއެކު ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މީހާރުވަނީ 3175އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މިބަލިން ރަނގަޅުވެފައިވަނީ 70 މީހުންވެ. މިހާރު ބައްޔަށް ފަރުވާދެމުން އަންނަނީ 647 މީހަކަށެވެ. އޭގެތެރެއިން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ 57 މީހަކަށެވެ.
ކޯވިޑް-19އަށް ޓެސްޓްކުރުމަށް މިހާތަނަށް ރާއްޖޭގައި ވަނީ 70،845 ސާމްޕަލް ނަގާފައެވެ. މިހާތަނަށް މިބަލީގައި 15 މީހަކު ވަނީ ނިޔާވެފައެވެ.


