ޚަބަރު

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިމަހު 27 އިންސައްތަ ދަށަށް ގޮސްފި

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 އިންސައްތަ ދަށަށް ގޮސްފިއެވެ.

މިނިސްޓރްީގެ ތަފާތު ހިސާބުން ދައްކާގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި 150,000 ފަތުރުވެރިން އައިސްފައިވާއިރު، މި މަހު އައީ 110,000 ފަތުރުވެރިންނެވެ. މިއީ ގާތްގަނޑަކަށް 40,000 ފަތުރުވެރިންގެ މަދުވުމެކެވެ.

ފަތުރުވެރިންގެ އަދަދު މިހާ ބޮޑަށް ދަށަށް ދިއުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުން ރާއްޖެއަށް ދަތުރުކުރާ ރޫޓުތަކަށް ބުރޫއެރުމެވެ. ޚާއްޞަކޮށް ޔޫއޭއީ އާއި ޤަޠަރު މެދުވެރިކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

މުޅި އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރީ 750,000 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 790,000 ފަތުރުވެރިންނާ އަޅާބަލާއިރު ޖުމްލަ 4 އިންސައްތައިގެ ދަށްވުމެކެވެ. މިއީ ފަތުރުވެރިކަމުގެ ސިނާއަތަށް މިވަގުތު ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން މިނިސްޓްރީގެ ހިސާބުތަކުން ހާމަވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close