ޚަބަރު

އިތުރު 11 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 11 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭއިން އަންގައިފިއެވެ.

މިރޭ އިއުލާން ކުރި މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި ބަންގްލަދޭޝްގެ 3 މީހެކެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1883އަށް އިތުރު ވެފައެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 717 މީހަކު ވަނީ މިހާތަނަށް މި ބަލިން ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 1،157 މީހުންނެވެ. އަދި ކަރަންޓީން ފެސިލިޓީތަކުގައި 1،482 މީހުން ތިބިއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1،228 މީހުން އެބަތިއްބެވެ.

ރާއްޖޭގައި މިހާތަނަށް މި ބަލީގައި މަރުވެފައިވަނީ 7 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 3 ބިދޭސީންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close