ޚަބަރު

ކޮވިޑް ޖެހިގެން 6 ވަނަ މީހާ ރާއްޖެއިން މިއަދު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ހަ ވަނަ މީހަކު މިއަދު ނިޔާވެފައިވާއިރު އެއީ ބަނގްލަދޭޝް މީހެކެވެ.  

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެކަން ހާމަކޮށް މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 ޖެހިގެން ޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ އުމުރުން 54 އަހަރުގެ ބަންގްލަދޭޝް މީހަކު ނިޔާވެފައިވާ ކަމަށެވެ.

އެ މީހާ ނިޔާވެފައި ވަނީ މިއަދު މެންދުރު 14:30 ގައިކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މިއީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި ތިން ވަނަ ބަންގްލަދޭޝް މީހާއެވެ.

ރާއްޖެއިން މީގެ ކުރިން ތިން ދިވެއްސަކުވެސް ވަނީ ކޮވިޑް-19 ޖެހިގެން ނިޔާވެފައެވެ. އޭގެ ތެރޭގައި ދެމަފިރިން ހިމެނެއެވެ. އެ ދެމަފިރިންނަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެމްއެޗްއޭގެ ވެރިޔާ ހުސައިން އަބްދުﷲ އާއި އޭނާގެ އަނބިކަނބަލުން އާމިނަތު އާދަމެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1773އަށް އަރާފައެވެ. ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 453 މީހަކު ވަނީ ރަނގަޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close