ދީން

ރަމަޟާންމަހުގައި ރިވެތި ޚުލުޤުން ޒީނާތްތެރިވުން މުހިންމުވަނީ ކީއްވެ؟

ރަމަޟާންމަހުގައި ރިވެތި ޚުލުޤުން ޒީނާތްތެރިވަމާތޯ!

  1. ރިވެތި އަޚްލާޤުގެ ތަޢުރީފް

“އަޚްލާޤް” އަކީ الخُلْقُ ނުވަތަ الخُلُقُ ގެ ޖަމްޢުއެވެ. މާނައަކީ އާދަ ނުވަތަ ޠަބީޢަތެވެ. އިމާމު އަލްޣަޒާލީ ވިދާޅުވެފައި ވެއެވެ. “އަލްޚުލުޤުގެ މުރާދަކީ ފެންނަން ނުހުންނަ ސިފައެވެ. އަދި ޚުލުޤުގެ މުރާދަކީ އެތެރެ ފުށުގެ ސޫރައެވެ.” އިންސާނާގެ ނަފްސުގައި އަށަގަނެފައިވާ “ހައިމަތް” އެކެވެ. އޭގެ ޛަރީޢާއިން އިންސާނެއްގެ އެއްވެސް ވިސްނުމެއް ފިކުރެއްނެތި އަދި އެދުމާއިވެސް ނުލައި ފަސޭހަކަމާއި އެކު ކަންތައްތައް ކޮށްލެވެއެވެ. އެއިގެ ޛަރީޢާއިން އެކުރެވޭ ކަމަކީ ޢަޤުލީ ގޮތުންނާއި އަދި ޝަރުޢީގޮތުން ރީތި އަދި ތަޢުރީފް ކުރެވޭ ކަމެއްނަމަ އެއަށް ރިވެތި އަޚްލާޤޭ ކިޔައެވެ. އަދި އެއިގެ ތަޢުރީފުން އެކުލެވޭ ކަމަކީ ނުބައި ކަމެއް ކަމުގައި ވާނަމަ އެއަށް ނުބައި އަޚްލާޤްއޭ ކިޔެއެވެ.

ރިވެތި އަޚްލާޤް ބެހެވިގެންވަނީ ދެބަޔަކަށެވެ. އެއްބަޔަކީ އިންސާނާ އުފެދުމުގައިވެސް ލައްވާފައިވާ ސިފަފުޅުތަކެވެ. އަނެއް ބަޔަކީ އިންސާނާގެ މަސައްކަތުން ލިބިގަނެވޭ އެއްޗެވެ.

ތިމާގެ ކިބައިގައި ރިވެތި އަޚްލާޤް ހުރިމިންވަރު ބަލާނީ ކިހިނެއް؟

  1. ތިމާއީ ރިވެތި އަޚްލާޤުގެ ވެރިއެއްނަމަ ތިބާ ނަމާދުގައި ކިޔަމންތެރިވެ ނިކަމެތިވެ ބިރުވެތިވާނެއެވެ.
  2. އަދި ތިބާ ބޭނުމެއްނެތް ކަންތައްތަކާއި ބަސްތަކުން ދުރުހެލިވާނެއެވެ.
  3. އަދި އަހަރެންނަކީ މިބުގައި މަޑުމޮޅިކަމާއި އެކު އަދި ޖާހިލުންނާއި ދިމާވެ ޒުވާބު ކުރަންޖެހުނަސް އަހަރެންގެ ނަފްސުގެ މައްޗައް ގަދަވެގަނެ އަހަރެންނަށް ސަލާމޭ ބުނެ ދެވޭހެއްޔެވެ؟ ހަވާ ނަފްސުގެ މައްޗަށް ގަދަވެ ގަނެވޭހެއްޔެވެ؟   އަލްފުރުޤާން 63) ) މާނައީ: ” އަދި މާތްﷲ ގެ ތެދުވެރި އަޅުންނަކީ ބިމުގައި ހިނގާއުޅޭއިރު މަޑުމައިތިރި ކަމާއެކު ހިގާ އުޅޭ މީހުންނެވެ. އަދި ޖާހިލުން އެމީހުން( ނުބައި ބަސްތަކުންނަމަ ޢަމަލު ތަކުން) މުޚާޠަބު ކޮށްފިނަމަ އޯގާތެރިވެ ހެޔޮބަސް ބުނެއުޅޭ މީހުންނެވެ.“
  4. އަދި އަހަރެން އިސްކަންދެނީ ދުނިޔެއަށް ހެއްޔެވެ. ނުވަތަ ޢާޚިރަތައް ހެއްޔެވެ؟ (މުއްތަފަޤުން އަލައިހި) މާތްﷲ އަށާއި އާޚިރަތް ދުވަހައް އީމާންވާމިހާ އޭނާގެ މެހުމާނުންނަށް އިޙްތިރާމް ކުރާށެވެ”. އަދިވެސް ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. ” މާތްﷲ އަށާއި އަދި އާޚިރަތް ދުވަހަށް އީމާންވާ މީހާ ހެޔޮބަސް ބުނާހުށިކަމެވެ. ނުވަތަ މަޑުމަޑުން ހުންނަހުށިކަމެވެ.”

ރިވެތި އަޚްލާޤު މިއީ އެމީހެއްގެ އީމާނާއި ގުޅިފައިވާ ކަމެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ” މާތްﷲ ގަންދެއްވާ ޙަދީޘް ކުރައްވަމެވެ. އެމީހަކު އީމާނެއް ނުވެއެވެ. މާތްﷲ ޤަންދެއްވާ ޙަދީޘް ކުރައްވަމުއެވެ. އެމީހަކު އީމާނެއް ނުވެއެވެ. މާތްﷲ ޤަންދެއްވާ ޙަދީޘް ކުރައްވަމުއެވެ. އެމީހަކު އީމާނެއް ނުވެއެވެ. ދެންނެވުނެވެ. އޭﷲ ގެ ރަސޫލާއެވެ! އެއީ ކާކުތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އެމީހެއްގެ އަވައްޓެރިޔާ އެމީހެއްގެ އުންދަގުލުގެ ނުބައިކަމުން ސަލާމަތްވެގެން ނުވާމީހާއެވެ. (صحيح البخاري)

އަދިވެސް ޙަދީޘްފުޅު ކުރެއްވިއެވެ. ” މާތްﷲ އާއި އެކަލާންގެ ރަސޫލާއަށް އީމާންވާމީހާ ހެޔޮބަސް ބުނާހުށިކަމެވެ. ނުވަތަ ވާހަކަނުދައްކާ ހަނުހިމޭނުން ހުންނަހުށިކަމެވެ.” (ޞަޙީޙުލް ބުޚާރީ)

ރިވެތި އަޚްލާޤު ނެތުން އެއީ ނަރަކައިގައި ޢަޛާބު ހުރިކަމުގެ ދަލީލެކެވެ.

މީހަކު ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! މިވެނި އަންހެނަކީ އެކަނބުލޭގެ ގިނަގިނައިން ނަމާދުކުރާ ކަމަށާއި ރޯދަ ހިފާ ކަމަށާއި ޞަދަގާތްދޭކަމަށް މަޝްހޫރު މީހެކެވެ. ނަމަވެސް އެކަނބުލޭގެ ދުލުން އެކަނބުލޭގެ އަވައްޓެރިންނަށް އުދަގޫކުރެއެވެ. އެހިނދު ރަސޫލު ﷲ  ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. އެކަނބުލޭގެ ވާހުށީ ނަރަކައިގައެވެ. ދެން ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ. މިވެނި އަންހެނަކު މަދުން ނަމާދުކުރުމާއި ރޯދަހިފުމާއި އަދި ޞަދަޤާތް ދޭކަމަށް ވަނީ މަޝްހޫރުވެފައެވެ. (އެބަހީ ސުންނަތް ނަމާދެވެ.) ނަމަވެސް އެކަނބުލޭގެ އަވައްޓެރިންނަށް އުނދަގުލެއް ނުކުރެއެވެ. އެހިނދު ޙަދީޘްފުޅު ކުރެއްވިއެވެ. އެކަނބުލޭގެ ވާހުށީ ސުވަރުގޭގައެވެ.” (ރަވާހު އަޙްމަދު)

ރެފަރެންސް

 އިހްޔާ އުލޫމުއްދީން ޣަޒާލީ 3/73

 އިޙްޔާ އުލޫމުއްދީން

 أحمد وإبن حبان وإسنادهما حيرأنظر احيا علوم الدين الغزالي 2/478 

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close