ޚަބަރު

އިތުރު 6 މީހަކު ޕޮޒިޓިވްވެ އެކްޓިވްކޭސް 239 އަށް އަރައިފި

އިތުރު 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ މިހާރު ފަރުވާދެމުންދާ މީހުންގެ ޢަދަދަ 239 އަށް އަރައިފިއެވެ.  

މިއަދު ޕޮޒިޓިވްވެފައިވަނީ 5 ދިވެހިންނާއި، ޕާކިސްތާން މިހެކެވެ. މީގެ ތެރޭގައި ހިމެނެނީ ދިވެހި ފަސް ފިރިހެނުންނެވެ. އަދި ޕާކިސްތާނު މީހައަކީ ބާޒާރުމަތީ ކްލަސްޓާއާއި ގުޅުންހުރި މީހެކެވެ.

މިއާއެކު މުޅި ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 256 އަށް ވަނީ އަރާފައެވެ. ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު 104 އަށް އިތުރުވީއިރު، ބަލިޖެހުނު ބިދޭސީންގެ ޢަދަދު ވަނީ 152 އަށް އަރާފައެވެ. އެންމެ ގިނަ ޢަދަދަކަށް ބައްޔަށް ޕޮޒިޓިވްވެފައިވަނީ ބަނގްލަދޭޝް މީހުންނެވެ. އަދި އޭގެ ތެރޭގައި ބާޒާރު ކްލަސްޓައާއި ގުލޫންހުރި ފަރާތްތައް ގިނަކަން ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ފާހަގަކުރައްވައެވެ.

ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފެނިފައިވަނީ މާރޗްމަހުގެ 7 ވަނަ ދުވަހުއެވެ. މާލެ ސަރަހައްދުން ކޯވީޑް ޖެހިފައިވާ މީހެއް ފެނުނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

މާލޭގެ އިތުރުން މިބައްޔަށް ޕޮޒިޓިވްވި މީހުން މިހާތަނަށް ފެނިފައިވަނީ ހއ.އުލިގަމާއި، ށ.ނަރުދޫއާއި އެއަތޮޅު މިލަންދޫއިންނެވެ. ނަރުދޫއަކީ ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ ޢާންމުންގެ ތެރޭގައި ބަލިފެތުރެމުންދާ ރަށެއްގެ ގޮތުގައި ވަނީ އެންއީއޯސީން ނިންމާފައެވެ. ނަމަވެސް އެރަށުގައި ބަލި ފެތުރެމުންދާގޮތް ދެނެގަނެވިފައިވާކަމަށް އެ ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކުގައި ކޯވިޑް-19 ފެތުރެން ފަށާފައިވަނީ އުތުރަށް ދަތުރުކުރި އަމާޒު ބޯޓްގެ ކެޕްޓަން މިބައްޔަށް ޕޮޒިޓިވެ އޭނާއާއި ސީދާ ދިމާވި މީހުން ދެނެގަތުމުގެ ތެރެއިންނެވެ. އަމާޒު ބޯޓުން ދަތުރުކުރި 98 މީހުންގެ ތެރެއިން ބައެއް މީހުންގެ ފަރާތުން ވަނީ ކޯވިޑް19 އަށް ޝައްކުކުރެވޭ ޢަލާމަތްތަކެއް ފެންނަން ފަށާފައެވެ. އިތުރު ގިނަ ރަށްތަކެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ނަމަވެސް އަމާޒު ބޯޓާއި ގުޅިގެން މޮނިޓަރިންގއަށް ލެވުނު ބައެއް ރަށްތައް މިހާރުވަނީ މޮނިޓަރިންގ އިން ނަގާފައި ކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close