ޚަބަރު

އިތުރު 9 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ އެކްޓިވް ކޭހުގެ ޢަދަދު 78 އަށް އަރައިފި

މާލެއިން އިތުރު 9 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވައިފިއެވެ. އެހެންކަމުން މިހާރު ފަރުވާދެމުންދާ އެކްޓިވް ކޭހުގެ ޢަދަދަކީ 78 އެވެ.

މިއަދު އެންމެ ފަހުން ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި، ބަންގްލަދޭޝް 5 މީހުންނެވެ. މިއާއިއެކު މާލެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 74 އަށް އަރާފައެވެ. އަދި މުޅިރާއްޖެއިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދު މިވަނީ 94އަށް އަރާފައެވެ.

އެންމެފަހުން ޕޮޒިޓިވްވި 9 މީހުން އައިސޮލޭޝަން ފެސިލިޓީތަކަށް މިހާރުވަނީ ބަދަލުކޮށްފައެވެ. މާލެއިން މިބަލި ފެނުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދި ގިނަބަޔަކު ނުވަތަ ބަލިޖެހުނު މީހުންނާ ސީދާ ދިމާވި ގިނަބަޔަކުވަނީ ދެނެގަނެވިފައެވެ. މިހާރު ކުރިއަށްދަނީ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމު މަސައްކަތެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތްތަކާއި، އާންމު އެހެން ޚިދުމަތްތަކުގައި އުޅޭމީހުންވެސް ފެނިފައިވާތީ އެމީހުންނާއި ދިމާވި އިތުރުބަޔަކު ވާނަމަ ލަސްނުކޮށް އެޗްޕީއޭއަށް އެކަން ރިޕޯޓްކުރުމަށް އެފަރާތުންވަނީ އާންގަވާފައެވެ.

މާލޭގެ ޙާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދިއުމާއެކު ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި މިހާރުވަނީ ހަރުކަށި ފިޔަވަޅުތައް އިތުރުކޮށްފައެވެ. އެގޮތުން ބައެއްރަށުގައި އެރަށްރަށުގެ ރައްޔިތުން އަމިއްލައަށް ރަށްބަންދުކޮށް ބައެއް ގޭގެ ކަރަންޓީނު ކުރުންފަދަ ހަރުކަށި ފިޔަވަޅުތައް ގެންދަނީ ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close