ޚަބަރު

އުލިގަމުން ޓެސްޓް ހެދި މީހާ ޕޮޒިޓިވް ވެއްޖެ

ހއ. އުލިގަމުން ކޯވިޑް-19 އަށް ޝައްކުވެގެން ސާމްޕަލް ނެގި މީހާ އެ ބައްޔަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ އުލިގަމުން ކޯވިޑަށް ޕޮޒިޓިވްވި މިމީހާ މިހާރު އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މިމީހާއަކީ މިހާތަނަށް ޕޮޒިޓިވްވި އެއްވެސް މީހަކާ ސީދާ ދިމާވި މީހެއް ނޫންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑް-19އިން ރައްކާތެރިވެ މުޖުތަމައުގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޕޮޒިޓިވްވާ މީހުންނާއި ސީދާ ދިމާވި މީހުން ދެނެގަނެ، އެމީހުން ކަރަންޓީން ކުރުމުގެ މަސައްކަތް ދަނީ ހަލުވިކަމާއިއެކު ކުރަމުންނެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 52 މީހެކެވެ. މީގެ ތެރެއިން 31 މީހުންނަކީ މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށާއި، މުޖުތަމައުގައި ބަލި ފެތުން ކޮންޓްރޯކުރުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ ހަރުކަށި ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މާލެ ސިޓީ ހިމެނޭ ސަރަހައްދު ލޮކްޑައުންކޮށް، އަތޮޅުތެރޭގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރުކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close