ޚަބަރު

ވެލިދޫގެ ބޮޑެތި މަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަނީ

ނ. ވެލިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ގޮތުން ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯރޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލު ކޮށްފިއެވެ.

އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދު އެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކެވެ.

ވެލިދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރްޑީސީއާއި ހަވާލު ކޮށްފައިވަނީ 88،540،833.87 ރުފިޔާ (އަށްޑިހަ އަށްމިލިއަން ފަސްލައްކަ ސާޅިސްހާސް އަށްސަތޭކަ ތިރީސްތިން ރުފިޔާ އަށްޑިހަ ހަތްލާރި) އަށް، 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ވެެލިދޫގެ 5ކިލޯ މީޓަރުގެ މަގުގައި ތާރުއަޅައި މަގުގައި ފެންހިންދާނެ ނިޒާމު ގާއިމުކޮށް މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close