ޚަބަރު

ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ކޯވިޑަށް ޓެސްޓު ކުރަން ނިންމައިފި

ކޯވިޑް-19 އަށް ޝައްކުވެގެން ރާއްޖޭގައި ކަރަންޓީންކުރާ އެންމެންވެސް ކަރަންޓީންގެ މުއްދަތު ހަމަކުރުމަށްފަހު ދޫކޮށްލުމުގެ ކުރިން ކޯވިޑަށް ޓެސްޓު ކުރަން ނިންމައިފިއެވެ.

ކޯވިޑް-19އަށް ރާއްޖޭގައި ފަރުވާދެމުންދާ ޑޮކްޓަރުންގެ ޓީމްގައި ހިމެނި ވަޑައިގަންނަވާ އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރ ޑރ.ޢަލީ ލަޠީފް ވިދާޅުވީ މިބައްޔަކީ މުޅި ދުނިޔޭގައިވެސް އަލަށް ފެނި ފަރުވާއެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ބައެއްޔެއްކަމުން، މިކަމުގައި ރާއްޖެއިން އަމަލުކުރަމުންދަނީވެސް މިކަމަށް ޚާއްސަ އެސްއޯޕީއެއް ހަދައިގެން އޭގެ ދަށުންކަމަށެވެ.

ޑރ.ޢަލީ ލަޠީފް ވިދާޅުވީ ރާއްޖޭގައިވެސް އަދި ދުނިޔޭގައިވެސް މިބަލީގައި ހަދާ އެސްއޯޕީތައް ހަދަމުންދަނީ ފެންނަމުންދާ ކޭސްތަކުން ފާހަނގަވާ ކަންކަމަށް ބެލުމަށްފަހުގައިކަމަށެވެ. އަދި މިހާރު ރާއްޖޭގައިވެސް ބައްޔަށް ޝައްކުކުރެވޭ މީހުން އިތުރުވެ، ބަލި ޖެހޭ މީހުންވެސް މަދުންނަމަވެސް ފެންނާތީ ކަރަންޓީންއާއި، އައިސޮލޭޝަންގައި ތިބޭ އެންމެންވެސް ދޫކުރާނީ ކަނޑައެޅިފައިވާ 14 ދުވަހަށްފަހު އިތުރަށް ޓެސްޓް ކުރުމަށްފަހު ކަމަށް ޑޮކްޓަރވިދާޅުވިއެވެ. އަދި މިގޮތަށް އެސްއޯޕީއަށްވެސް ބަދަލު ގެނެސްފައިވާކަން ޑޮކްޓަރ ވަނީ ފާހަގަކުރައްވާފައެެވެ.

އެސްއޯޕީއަށް ގެނައި މި ބަދަލާއެކު ރާއްޖޭގައި ކަރަންޓީން ކޮށްފައިތިބި މީހުންނާއި އަދި އިތުރަށް ކަރްނޓީންކުރާ މީހުންވެސް ދޫކުރުމުގެ ކުރިން ކޯވިޑަށް ޓެސްޓު ކުރާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close