ވާހަކަ

ރަންބިސް އަޅާ ކުކުޅު!

ދުވަހަކީ އުޑުމަތި ސާފު ރީތި ދުވަހެކެވެ. ސާދާގަރު އާއި އޭނާގެ އަނަހެނުންގެ ކުކުޅުކޮށީ ގައި ވަރަށް އާދަޔާ ޚިލާފު ކުކުޅެއް އިނެވެ. އެ ކުކުޅު އިންނަނީ ރަންކުލައިގައެވެ. އަދި ކުކުޅެގެ ފިޔަގަނޑުވެސް އެހެން ކުކުޅު ތަކުގެ ފިޔަޔާ ޚިލާފަށް ބޮޑެވެ. ތުންގަނޑު ވެސް ހުންނަނީ ވަރަށް ބޮޑުކޮށެވެ. ލޯވެސް ހުންނަނީ ވަރަށް ތަފާތުކޮންނެވެ.

ކޮންމެ އަކަސް އެއްކަލަ ސާދާގަރު އާއި އޭނާގެ އަންހެނުން ވެސް މިކުކުޅާ މެދު ވަރަށް ޚާއްސަ ޚިޔާލެއް ގެންގުޅެއެވެ. އެހެންކުކުޅުތަކާ ތަފާތު ގޮތެއް ބަހައްޓައެވެ. އެއީ މިކުކުޅު ރަންކުލައިގައި އިންނާތީއެވެ.ސާދާގަރު ވެސް އެކުކުޅުގެ ފަރާތުން ޚާއްސަ ކަމެއް ފެނޭތޯ ބަލައެވެ.

މިހެން ބަލަނިކޮން  މިކުކުޅު އަޅާފަ އިން ބިހެއް ސާދާގަރަށް ފެނުނެވެ. އެބިސް އިނީރަން ކުލައިގައެވެ. ސާދާގަރަކީ މިކަހަލައެއްޗެއް ފެނިއްޖިއްޔާ ހަމަބުއްދި ފިލައިގެން ދާފަދަ ދަހިވެތި އިންސާނެކެވެ. އެދުވަހު ވެސް އޭނާއަށް އެރަންބިސް ފެނިގެން އޭތި ނަގައިގެން “ރަންބިހެކޭ” ގޮވަމުން ހަޅޭލަވަމުން މުޅިތާ އެބުރެން ފެށިއެވެ.

އޭނާގެއަންހެނުންވެސް ކިހިނެއްތޯވީ ބަލަން ވެގެން ދުވެފައި ކަހަލަ ގޮތަކަށް ސާދާގަރާ ދިމާއަށް ދިޔައެވެ. އަދި އެބިސް ބަލާފައި ބާޒާރަށް ގޮސް އަވަހަށް ވިއްކާލަން ބުންޏެވެ. ސާދާގަރުގެ އަންހެނުން ހުރީ އޭތި ވިއްކައިލައިން ލިބޭ ލާރި އަކަށް ދަހިވެފައެވެ.

ސާދާގަރު އެރަންބިސް ބޮޑު އަގުގައި ވިއްކައިލައިފައި ގެއަށް އައެވެ. ދެން ވީ އުފަލުގައި ލާރި ގަނޑު ހިފައިގެން އައިސް އޭނާގެ އަން ހެނުން އަތަށް ދިނެވެ. އޭގެފަހުން ދެން ކޮންމެ ދުވަހަކުވެސް އެގޮތަށް ކުކުޅު ރަންބިސް އެޅުމުން އެބިސް ގެންގޮސް ބާޒާރަށް ވިއްކާލައެވެ.

މިގޮތަށް ދުވާލަކު ބިހެއް ވިއްކާތާ ދުވަސް ތަކެއް ފާއިތުވިފަހުން ސާދާގަރުކަލޭގެ އަންހެނުން މޮޅު ޚިޔާލެއް ސާދާގަރު ކަލޭގެއަށް ދިނެވެ. “ކޮންމެ ދުވަހަކު ބިހެއް ވިއްކަން ތިބުމުގެ ބަދަލުގައި ކުކުޅު ގެ ބަނޑު ފަޅައިލައިފައި ހުރިހާ ބިހެއް ނަގައިފާ ވިއްކާލަންވީ، އޭރަށް އެއްފަހަރުން މުސްހަދި ވީނުން ދޯ!”

އެއްކަލަ ސާދާގަރު ކަލޭގެ މިގޮތަށް އެއްބަސްވެގެން ގޮސް ކުކުޅު ކަތިލިޔެވެ. ކުކުޅު ބަޑު ފަޅާލިއެވެ. ކަމަކުދާކަށް ނެތެވެ. އެންމެ ރަންބިހެއްވެސް ނެތެވެ. ސާދާގަރުކަލޭގެ ވަރަށް ދެރަވެއްޖެއެވެ. ކުރެވުނު މޮޔަކަންތަކަށް އަމިއްލައަށް މަލާމާތް ކުރަން ފަށައިފިއެވެ.

އޭގެފަހުން އެމީހުންނަށް އެންމެ ރަންބިހެއްވެސް ނުލިބެއެވެ.

އިބުރަތް:

އެއްފަހަރުން މުސްހަދިވާން ނޫޅޭށެވެ، އަދި މާ ދަހިވެގެން ނޫޅޭށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close