ޑަވިޔަނިން – ޑިނގާ
ކުޑަކުދިންގެ ވާހަކަ 42
އެއީ ޑިސެންބަރު މަހެވެ. އެއްރެއަކު އާލާއަށް ހޭލެވުނީ އަޑެއް އިވިގެންނެވެ. އިވުނީ ކޮން އަޑެއްތޯ ބަލަން ބޭނުންވިއެވެ. އެކަމަކު އޭނާ އޮތީ ނިކަން ބިރުންނެވެ. ކޮޓަރި ތެރެއިން ‘ޑިން ޑޮން‘ ކިޔާ އަޑެއް އިވޭތީ ބިރުން މަންމައަށް ގޮވިއެވެ. މަންމަ ހޭލައިފިއެވެ. އަދި އާލާ ރޮނީ ކީއްވެތޯ ސުވާލުކުރިއެވެ. އާލާއަށް އަޑެއް އިވޭ ވާހަކަ ބިރުން އިނދެ ބުންޏެވެ. މަންމަ ކޮޓަރެ ތެރެ ރަނގަޅަށް ބަލައިލިއެވެ.
އޭރު މޭޒުމަތީގައި ހުރި ބިސްކޯދު ޑަބިޔާ މަތީ އޮތް ޑޮންޑޮންފުޅި އިރުއިރު ކޮޅާ ޑަބިޔަލުގައި ޖެހެނީއެވެ. ޑަބިޔަލުގައި ޖެހޭ ކޮންމެ ފަހަރަކު ‘ޑިން ޑޮން‘ ކިޔާ އަޑު އިވެނީއެވެ. މަންމަ ގޮސް ފުޅިނަގާ ޑަސްބިނަށް ލިއެވެ. އަދި ކޮޓަރި ތެރޭގައި ހުރި ކުޅޭ ސާމަނުތައް ވަށިގަނޑަށް އެޅިއެވެ. އެއީ އާލާ ކުޅެން ގެންގުޅުނު ޑާޓްބޯޑާއި ފުލާސްޓިކު ދިރޭތަކެއްޗެވެ. ޑިނގާވެސް އޮތީ ޑަބިޔާ މަތީގައެވެ. މަންމަ އާލާ ކައިރީ ބުންޏެވެ.
“ދަރިފުޅާ! ކުޅެ ނިންމާފަ ކުޅޭ ތަކެތި ވަށިގަނޑަށް އަޅަން ހަނދާން ބަހައްޓާތި. ނޫނީ މިރޭ ތި އިވުން ކަހަލަ އަޑެއް އަނެއް ކާވެސް އިވިދާނެ.” މަންމަ ނަޞޭހަތް ދިނީ ވަރަށް ލޯބިން ހިނިއައިސްފައެވެ. (ނިމުނީ)
ސުވާލު
- އާލާ ނިދާފައި އޮތްވާ ހޭލެވުނީ ކީއްވެ؟
- އާލާ އަށް ކޮޓަރި ތެރެއިން އިވުނީ ކޮން ކަހަލަ އަޑެއްތަ؟
- އާލާ ކޮޓަރީގައި ހުރި ޑަވިޔަނި އަކުރުން ފެށޭ 2 އެއްޗެއްގެ ނަން ލިޔޭ!
- އާލާގެ މަންމަ ޑޮންޑޮންފުޅި ލީ ކޮންތާކަށްތަ؟
- މިވާހަކައިން އަޅުގަނޑަށް ދަސްވީ ކޮން އެއްޗެއް؟
ޖަވާބު:
- އަޑެއް އިވުމުން
- ‘ޑިން ޑޮން’ ކިޔާ އަޑެއް
- ޑަބިޔާ، ޑަސްބިން، ޑިނގާ، ޑޮންޑޮންފުޅި، ޑާޓްބޯޑު
- ޑަސްބިނަށް
- އިޚްތިޔާރީ ޖަވާބެއް.