ޚަބަރު

ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެ، ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

އުތުރުގެ އަތޮޅުތަކުގައި ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދު ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި އިރުއުތުރާ އިރުން ވައިޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުދަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމާލު ކަމެއް ދޭން އެދޭ ކަމަށެވެ.

ހދ. އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށްވަނީ ރޭ ފަތިހު ހުދު ސަމާލު ނެރެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close