ލަންކާގެ ޢިމާރާތުން ވެއްޓުނު ކުއްޖާގެ ޙާލު ސީރިޔަސް
ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ އިމާރާތަކުން ވެއްޓި ދިވެހި ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ޙާލުސީރިއަސް ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ އަށް ހޮސްޕިޓަލް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. އިމާރާތެއްގެ މަތިން ވެއްޓިގެން ފަރުވާ ދެމުން ގެންދަނީ ދެ އަހަރުގެ ބައިގެ ކުއްޖަކަށެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ލަންކާގައި ހިނގި ހާދިސާއެއްގައި ދިވެހި ކުއްޖަކަށް އަނިޔާ ވެގެން އުޅޭކަން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އެއްވެސް ތަފްސީލެއް އަދި ނުލިބެއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ މިހާދިސާ އާއި ގުޅިގެން އާއިލާ އަށް ބޭނުންވާ އެހީތެރިކަން ފޮރިން މިނިސްޓްރީން ފޯރުކޮށްދެމުން ގެންދާކަމަށެވެ.
މިހާދިސާ ހިނގީ ލަންކާގައި ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ ދެހިވަލަ ސަރަހައްދުގައި ކަމަށް މައުލޫމާތު ލިބެއެވެ.

