ޚަބަރު

ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ގިނަޢަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ އަތުލައިގެންފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ 9 ގެއަކާއި ސައިކަލްތަކެއް ބަލާ ފާސްކޮށް 9 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ އަތުލައިގެންފިއެވެ.

ފުލުހުން ވިދާޅުވީ މި ތަކެތި އަތުލައިގެންފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ބައެއް ތަންތަން ބަލާ ފާސްކުރުމަށްފަހުއެވެ.

ފުލުހުން ވިދާޅުވީ ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަދުވަހުގެރޭ ކޯޓް އަމުރެއްގެ ދަށުން 5 ގެއެއް ބަލާފާސްކޮށްފައިވާކަމަށެވެ. އަދި މި މަހުގެ 6 ވަނަދުވަހު މާލޭގެ 4 ގެއަކާއި ސަައިކަލެއް ބަލާ ފާސްކޮށްފައިވާކަމަށެވެ.

މި ދެ ދެއޮޕަރޭޝަންގައި 1522785 (އެއްމިލިއަން ފަސްލައްކަ ބާވީސްހާސް ހަތްސަތޭކަ އައްޑިހަ ފަސް ދިވެހިރުފިޔާ) އާއި 173831 (އެއްލައްކަ ހަތްދިހަ ތިންހާސް އެއްސަތޭކަ ތެއްތިރީސް އެމެރިކާ ޑޮލަރު) ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 4203259.02 (ހަތަރު މިލިޔަން ދުއިސައްތަ ތިންހާސް ދުއިސައްތަ ފަންސާސް ނުވަރުފިޔާ) އެވެ. މީގެ އިތުރުން 9 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި އޮޕަރޭޝަންގައި 8 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

– 25 އަހަރުގެ ( 3 ފިރިހެނުން )

– 37 އަހަރުގެ ފިރިހެނެއް

– 23 އަހަރުގެ ފިރިހެނެއް

– 24 އަހަރުގެ ފިރިހެނެއް

– 27 އަހަރުގެ ފިރިހެނެއް

– 50 އަހަރުގެ ފިރިހެނެއް

ފުޅާދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ ނެޓްވޯކެއް އަތުލައިގަތުމަށް ހިންގުނު ހާއްސަ މި ދެ އޮޕްރޭޝަނާއި ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން މިމައްސަލަ ތަޙުޤީޤު ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close