އިގިރޭސިވިލާތުގެ ޓީޗަރުންގެ މުސާރަ 26 ހާސް ޕައުންޑަށް ހަދަނީ
އަޅުގަނޑުމެންގެ ދިވެހިރާއްޖެއެކޭ އެއްފަދައިން އިނގިރޭސި ވިލާތުގައިވެސް ޓީޗަރުންގެ ގޮތުގައި ކަމަށް އެކަށޭނަ ރަނގަޅު ޤާބިލް ޓީޗަރުން ހަރުނުލާ މައްސަލައަކީ އެޤައުމަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ.
އިނގިރޭސިވިލާތުން މިވަނީ އެކަން ހައްލުކޮށް ރަނގަޅު ކުރުމަށްޓަކައި އެ ޤައުމުގައި ކިޔަވައިދެއްވާ ޓީޗަރުންގެ މުސާރަ ބޮޑުކުރަން އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
މިގޮތުން އެ ޤައުމުގެ ސަރުކާރުންވަނީ އަހަރެއްގެ މައްޗަށް ޓީޗަރަކަށް 26000 (ސައްބީސްހާސް ޕައުންޑު) ދިނުމަށް ނިންމާފައެވެ. މިއީ ދިވެހި ރުފިޔާއިން ބަލައިފިނަމަ މަހެއްގެ މައްޗަށް 43 ހާސް ރުފިޔާއަށްވުރެ ބޮޑު އަދެދެކެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމާފައިވަނީ ދެއަހަރު ފަހުން އެ ޤައުމުގެ ޓީޗަރުންގެ މުސާރަ 30000 (ތިރީސްހާސް) ޕައުންޑަށް ބޮޑުކުރުމަށެވެ. މިއީ ދިވެހި ފައިސާއިން ބަލާނަމަ މަހެއްގެ މައްޗަށް ގާތްގަޑަކަށް ބައިލައްކައަށް ވުރެ ބޮޑު އަދެދެކެވެ.
ދިވެހި ރާއްޖޭގައިވެސް މިފަހަކަށް އައިސް ޓީޗަރުންގެ ވަޒީފާގައި ކޮލިފައިޑް ރަނގަޅު ޓީޗަރުން ހަރުނުލާތީ މިދިޔަ އަހަރުން ފެށިގެންވަނީ ޒަމާންތަކަކަށްފަހު ރާއްޖެއިން ބޭރުން ޕްރައިމަރީ ޓީޗަރުން ގެންނަށް ފަށާފައެވެ.
ރާޢްޖޭގެ ސްކޫލުތަކުގައި ކިޔަވައި ދެއްވުމަށް އެކަށޭނަ ރަނގަޅު ޓީޗަރުން ލިބެމުން ނުދާތީ އާއި ކިޔަވައި ދެއްވުމުގައި ހަރަކާތްތެރި ވެލައްވާ ޤާބިލް މޮޅަތި ޓީޗަރުން ކިޔަވައި ދިނުމުގެ ދާޢިރާ އާއި ދުރަށްދާތީ ސަރުކާރުންވަނީ ޓީޗަރުންގެ މުސާރައަށް އަވަސް ހެޔޮ ބަދަލެއް ގެނެންނަވާނެކަމަށް އިޢުލާން ކުރައްވާފައެވެ.

24k£ is equivalent 43k or 4.8 lacs!!!!??????
Teacharunge musaara 26000 aj bidukoffi.
Migothah suruhee alhaalinama habeys
26،000 ޕައުންޑަކީ 5 ލައްކަ އަށްވުރެ ގިނަ ދިވެހި ރުފިޔާ. މިވަރު ނޭނގުނީމަ އިތުބާރު ގެއްލިއްޖެ. ހެހެހެ….
aharegge machchah 26 haas pound akee mahakah dhivehi 43 haas rufiyaa ey bunumun kobaa massala akee?
މަ ހައްގު!