ޚަބަރު

ކުޑަކުއްޖާގެ ބައްޕަ ދޫނިދުއަށް ގެންގޮސްފި

ރޭޕްގެ ޝިކާރައަކަށްވި ދެ އަހަރުގެ ކުޑަކުއްޖާގެ ބައްޕަ ފުލުހުން ހައްޔަރުކޮށްގެން ދޫނިދުއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ އޭނާ މިހާރު ވަނީ ދޫނިދޫއަށް ގެންގޮސްފައިކަމަށެވެ.

އެމީހާ ހައްޔަރުކުރި ސަރަހައްދުގައި ތިބި މީހުން ބުނެފައިވަނީ، އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އެހެން ނަމަވެސް ގެންދިޔައީ ހައްޔަރަށް ކަމެއް ނުވަތަ ހިމާޔަތަށްކަމެއް ސާފު ނުވެއެވެ.

އެ ކުއްޖާ ރޭޕް ކުރި މައްސަލައިގައި އެ ކުއްޖާގެ ކާފަ އަދި މުނި ކާފަ މިއަދު ވަނީ ހައްޔަރު ކޮށްފައެވެ.

އެގޮތުން ފުލުހުން ބުނެފައިވަނީ، 62 އަހަރުގެ އަހަރުގެ ދިވެހި ފިރިހެނަކު މިއަދު 15:05 ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން އެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ ވަނަ މީހާ ކަމަށްވާ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެއް މިއަދު 15:25 ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެމައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close