ޚަބަރު

ކުޑަކުދިންނަށް އަނިޔާކުރުމަށް ހިތްވަރެއް ނުދެން: އަދާލަތު ޕާޓީ

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އަކީ، ކުޑަ ކުދިންނަށް އަނިޔާކުރުމަށް ތާއީދު ކުރާނެ ޕާޓީއެއް ނޫން ކަމަށް އެ ޕާޓީން ބުނެފިއެވެ.

“އަދާލަތު ޕާޓީއަކީ ކުޑަކުދިންނަށް ޖިންސީ، ޖިސްމާނީ، ނަފްސާނީ އަދި އެނޫންވެސް އަނިޔާއެއް ދިނުމަށް ކުޑަކޮށްވެސް ތާއީދު ކުރާނެ ޕާޓީއެއް ނޫން،” ޓްވީޓްގައި ބުނެފައިވެއެވެ.

އުމުރުން 18 އަހަރުންގެ ދަށުގެ ކުދިންނާ ކައިވެނިކުރުމުގެ ފުރުސަތެއް ގާނޫނުން މިހާރަކު ނޯވެއެވެ. ރާއްޖޭގެ ގާނޫނުގައި ކުރިން އޮންނަ ގޮތުން ނަމަ 16 އަހަރު ފުރިއްޖެނަމަ، ޖެންޑާ މިނިސްޓްރީން އެސެސްމެންޓެއް ހަދައި އާއިލާގެ އިއުތިރާޒެއް ނެތްނަމަ ސުޕްރީމް ކޯޓުގެ ހުއްދަ ހޯދައިގެން ކޯޓުން ކައިވެނިކުރެވެއެވެ.

ނަމަވެސް މިހާރު ތަސްދީގުކޮށްފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ގާނޫނުގައި، ކައިވެނިކޮށްދޭ އުމުރު ވަނީ 18 އަހަރަށް މަތިކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close