ޚަބަރު

ދިރާގާ ސްޕާކްހަބް ގުޅިގެން ޓެކްސްސްޓަރސް ސްޓާޓްއަޕް ވީކެންޑް 2019 ބާއްވަނީ

ދިރާގާއި ސްޕާކްހަބް ގުޅިގެން ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް “ސްޓާޓަޕް ވީކެންޑް 2019” 15 ނޮވެމްބަރ 2019 އިން 17 ނޮވެމްބަރ 2019 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ.

ޓެކްސްޓާސް ސްޓަރޓަޕް ވީކެންޑަކީ ޒުވާނުންނަށް ވިޔަފާރީގެ ދާއިރާގައި ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ބައިނަލް އަޤަވާމީ ހަރަކާތެކެވެ. އަދި މި މޮޑެލް މިހާރު ދުނިޔޭގެ 150 ގައުމުގައި ވަރަށް ކާމިޔާބު ކަމާއެކު ޓްޗްސްޓާގެ މި ޕްރޮގްރާމް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

54 ގަޑިއިރަށް ކުރިއަށްގެންދާ މި ހަރަކާތުގައި ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކާއި، ޑިވެލޮޕަރުންނާއި ޑިޒައިނަރުންގެ އިތުރުން އަލަށް ފަށާފައިވާ ވިޔަފާރިތަކުގެ ބޭފުޅުން ބައިވެރިވެ ވިޔަފާރީގެ ދާއިރާގައި ހުރި ވިސްނުންތައް ހަގީގަތަކަށް ގެންނާނެ ގޮތާ ބެހޭގޮތުން މަޝްވަރާކޮށް ބިޒްނަސް މޮޑެލް ތައްޔާރުކޮށް ހުށަހަޅައިދޭނެއެވެ.

މި ހަރަކާތް ބޭއްވުމުގެ އެންމެ ބޮޑު އަމާޒަކީ ޒުވާނުންގެ މެދުގައި ސްޓަރޓްޕް ކަލްޗަރ އެއް ބިނާ ކޮށް، އެ މީހުންގެ ފުރިހަމަ ހުނަރު ދަސްކުރުމާއި، އުފެއްދުމާއި އަމަލުން ދެއްކުމުގެ މަގުފަހި ކޮށްދިނުމެވެ.

ސްޓާޓަޕް ވީކެންޑަކީ ޒުވާން ވިޔަފާރިވެރިންނަށް ވިޔަފާރީގެ ދާއިރާގައި ކުރިއަރާ ދިއުމަށް ބޭނުންވާ މުހިންމު މައުލޫމާތު ތަކެއް ލިބިދޭނެ ވިޔަފާރީގެ ހުނަރު ތަރައްގީ ކޮށްދެވިގެންދާނެ ހަރަކާތެކެވެ. އެގޮތުން ބައިވެރިންނަށް ވިޔަފާރީގެ ދާއިރާގައި ނަމޫނާ ފަރާތްތަކާއި ބިޒްނަސް ކޯޗުންނާއި އަދި ދިރާގު އަދި އިންޑަސްޓްރީގެ ތަޖުރިބާކާރު މެންޓަރުންނާ ބައްދަލުކޮށް އެ ފަދަ މީހުންގެ އިރުޝާދުގެ ލިބިގެންދާނެއެވެ. އަދ ހިއްސާކުރެވޭ ހިޔާލުތަށް ވިޔަފާރީގެ އަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތްވެސް ބައިވެރިންނަށް ކިޔާ ދެވިގެންދާނެއެވެ.

ދިރާގާއި ސްޕަރކްހަބް ގުޅިގެން ޒުވާނުންގެ މެދުގައި ސްޓަރޓްޕް ކަލްޗަރ ބިނާ ކުރުމަށް މުހިންމު މަސައްކަތްކެއް ކުރިއަށްގެންދެއެވެ. އެގޮތުން ރާއްޖޭގައި އަލަށް ލީން ސްޓާޓްއަޕް މެޝިން ވަނީ ތަޢާރަފުކޮށްފައިއެވެ. އަދި ރާއްޖޭގެ ފުރަތަމަ އިންޓަނޭޝަނަލް ހެކަތޯންކަމަށްވާ “އޭންޖަލް ހެކް” އާއި ސްޓާޓް އަޕް ގްރައިންޑުގެ އެކްސް ސީރީސް ވެސް ވަނީ ބާއްވާފަ އެވެ.

މި އިވެންޓާ ބެހޭ އިތުރު މައުލާމާތު ހޯދުމަށް 

facebook.com/SWMaldives and twitter.com/swmaldives

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close