ޚަބަރު

ރައީސް ޔާމީނަށް ޙުކުމް އިއްވުން އަންނަ މަހުގެ 5 ވަނަ ދުވަހު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް އިއްވުމުގެ އަންނަމަހުގެ 5ވަނަ ދުވަހު ބާއްވާނެކަމަށް ކޯޓުން ހާމަކުރައްވައިފިއެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރިއަށްގެންދާ ޝަރީޢަރުގެ ޚުލާސާ ބަޔާން އިއްވަން މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީސް ނިންމާލައްވަވަމުން އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަހްމަދު ޙައިލަމް ވިދާޅުވީ އެ މައްސަލާގައި ހުކުމް ކުރުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރު 13.00ގައި ކަމަށެވެ.

މައްސަލައިގެ ޚުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލުންވަނީ މަނީލޯންޑަރިންގެ ކުށް ޔާމިންގެ މައްޗަށް ސާބިތުވުމަށް ބޭނުންވާ ހުރިހާ އުންސުރުތައް ފުރިހަމަވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން ޝަރީޢަތަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުންނާއި ކިތާބީ ހެކިންގެ ހެކިބަހުން އެކަށީގެންވާ ޝައްކެތް ނެތްމިންވަރަށް އެކުށް ސާބިތުވާކަމަށް ދައުލަތުން ހާމަކުރިއެވެ.

ނަމަވެސް ދައުވާ ލިބޭ ޔާމިންގެ ވަކީލުންގެ ޓީމުން ހުށަހެޅުއްވި ޚުލާސާ ބަޔާނުގައި ވިދާޅުވީ ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދަޢުވާ ސާބިތުކުރުމަށް ބޭނުންވާވަރަށް ހެއްކާއި ޤަރީނާ ލިބިފައިނުވާކަމަށެވެ. އަދި އެމައްސަލައަކީ ފުރިހަމައަށް ތަހްޤީގުކުރެވިގެން ހުށައަޅާފައިވާ މައްސަލައަކަށް ނުވާކަމަށާ، އެމައްސަލާގައި ޔާމީނާ ދެކޮޅަށް ހެކިބަސްދިން މީހުންނަކީ ޢަދުލުވެރިކަމެއް ނެތް ފާސިގުން ކަމަށް ވިދާޅުވެފައިވެއެވެ.

ޚުލާސާ ބަޔާން އިއްވުމުގެ ޝަރީއަތް ކުރިއަށްދިޔަ ވަގުތު ކްރިމިނަލް ކޯޓުގެ ބޭރުގައި އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ އަޑުއުފުލައި މުޒާހަރާކޮށްފައެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދަޢުވާއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން އެސްއޯއެފް ކުންފުނިން އެއްމިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެފައިސާއަކީ އަމިއްލަ ފައިސާކަމަށް ބުނެ އޭސީސީއާއެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރި މައްސަލާގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close