ޚަބަރު

އެއް މީޑިއާ އަކަށް އެންމެ ގިނަ އެވޯޑް ލިބުނީ “މިހާރު” އަށް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މިދިޔަ އަހަރުގެ އެވޯޑުގެ 8 ކެޓަގަރީއަކުން ވާދަކޮށް ހުރިހާ ކެޓަގަރީއަކަށް ނޮމިނޭޓްވެ، 5 ކެޓަގަރީ އަކުން “މިހާރު” ގެ ނޫސްވެރިން ނަށް އެވޯޑު ލިބުމުން މިދިޔަ އަހަރުގެ އެންމެ ގިނަ އެވޯޑް ލިބުނު ބަޔަކަށް މިހާރުގެ ނޫސްވެރިން ވެއްޖެއެވެ.

“އިޖުތިމާއީ ދާއިރާއިންނާއި ސިޔާސީ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އާއި ފީޗާ ލިޔުމުގެ ދާއިރާ އަދި ފޮޓޯގްރަފީގެ ދާއިރާ އިން މިހާރު ނޫހަށް ވަނީއިނާމު ލިބިފައެވެ.

ނޫސްވެރިކަމުގެ އެވޯޑް 2018 ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އިޖުތިމާއީ ދާއިރާއިން ޕްރިންޓް އަދި އޮންލައިން ނޫސްތަކުގެ ކެޓަގަރީން އިނާމު ހޯދީ މިހާރު ނޫހުގެ އާސިއަތު މުހައްމަދު ސައީދެވެ. އެ އެވޯޑަށް ވާދަކުރީ އެ ނޫހުގެ އަހުމަދު ސާއިލް އަލީ އާއި އަވަސް ނޫހުގެ އައިމިނަތު އިބްރާހީމެވެ.

އިޖްތިމާއީ ދާއިރާގެ ބްރޯޑްކާސްޓިން ކެޓަގަރީން އިނާމު ހާސިލްކުރީ ވީމީޑިއާގެ އައިމިނަތު އަމީނާ ނައީމެވެ. އެ އެވޯޑަށް ނޮމިނޭޓްވީ ވެސް އޭނާ އެކަންޏެވެ.

ސިޔާސީ ދާއިރާ އިން ޕްރިންޓް އަދި އޮންލައިން ނޫސްތަކުގެ ކެޓަގަރީން އިނާމު ހޯދީ “މިހާރު” ނޫހުގެ ފަޒީނާ އަހުމަދެވެ. އެ އެވޯޑަށް ވާދަކުރީ އެ ނޫހުގެ މުހައްމަދު ޔާމީނާއި “އަވަސް” ނޫހުގެ މޫސާ ރަޝީދެވެ.

ސިޔާސީ ދާއިރާއިން ބްރޯޑްކާސްޓިން ކެޓަގަރީން އިނާމު ހާސިލް ކުރީ ރާއްޖެ ޓީވީގެ މުރުޝިދު އަބްދުލްހަކީމެވެ.

ކުޅިވަރުގެ ދާއިރާގެ ޕްރިންޓް އަދި އޮންލައިން ނޫސްތަކުގެ ކެޓަގަރީން އިނާމު ހޯދީ “މިހާރު” ނޫހުގެ މުހައްމަދު ހަމްދޫނެވެ. މި އެވޯޑަށް ވާދަކުރީ އެ ނޫހުގެ އައްޒާމް އަލިފުޅާއި “އަވަސް” ނޫހުގެ ހުސެން ހަބީބެވެ.

ފީޗާ ދާއިރާގެ ޕްރިންޓް އަދި އޮންލައިން ނޫސްތަކުގެ ކެޓަގަރީން އެވޯޑް ހޯދީ ވެސް ހަމްދޫނެވެ. އެ އެވޯޑަށް ވާދަކުރީ ވެސް އެ ނޫހުގެ އާސިޔަތު މުހައްމަދު ސައީދާއި މުހައްމަދު ޔާމީނެވެ.

ފީޗާ ދާއިރާގެ ބްރޯޑްކާސްޓިން ކެޓަގަރީން އިނާމު ހޯދީ ރާއްޖެ ޓީވީގެ ހުސައިން ހަސަން އެވެ. އެވޯޑަށް ވާދަކުރީ ވީމީޑިއާގެ އައިމިނަތު އަމީނާ އެވެ.

ފޮޓޯގްރަފީގެ ދާއިރާއިން އިނާމު ހާސިލް ކުރީ “މިހާރު” ނޫހުގެ ހުސައިން ވަހީދެވެ. އެވޯޑަށް ވާދަކުރީ އެ ނޫހުގެ ނިޝާން އަލީ އާއި “ވަގުތު” ނޫހުގެ އަމީން ފަހުމީ އެވެ.

ޝަރުއީ އަދި ގާނޫނީ ދާއިރާގެ ޕްރިންޓް އަދި ގާނޫނީ ދާއިރާގެ އެވޯޑް ހޯދީ “އަވަސް” ނޫހުގެ ނާޒިމް ހަސަން އެވެ. އެ އެވޯޑަށް ވާދަކުރީ “މިހާރު” ނޫހުގެ މުއިއްޒު އިބްރާހިމް އާއި “ވަގުތު” ނޫހުގެ އަލީ ވިޝާމެވެ.

ވިޔަފާރި އާއި އިގްތިސޯދީ ދާއިރާއިން އެވޯޑު ހާސިލް ކުރީ “އަވަސް” ނޫހުގެ މުހައްމަދު އަފްރާހެވެ. މި އެވޯޑަށް ރާއްޖެ ޓީވީގެ ރިޒްނާ ޒަރީރާއި “ވަގުތު” ނޫހުގެ ރީހާން ރަޝީދު ވާދަކުރި އެވެ.

ކުޅިވަރުގެ ދާއިރާ އާއި ޝަރުއީ އަދި ގާނޫނީ ދާއިރާގެ ބްރޯޑްކާސްޓިން ކެޓަގަރީ އަދި ވީޑިއޯގްރަފީ އެކަށީގެންވާ ވަރަށް އެއްވެސް މީހަކަށް މާކުހެއް ލިބިފައެއް ނުވެ އެވެ.

ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ނިކުންނަ ޒުވާނުންނަށް ދޭ އެންމެ އުއްމީދީ ނޫސްވެރިޔަކަށް ހޮވާފައިވަނީ ސަން އޮންލައިންގެ ނަޖާހު މަސްއޫދެވެ. މި އެވޯޑަށް ފަސް ނޫސްވެރިއެއްގެ ނަން ވަނީ ހުށަހަޅާފަ އެވެ.

އެއް ކޮމެންޓް

  1. މިހާރު ނޫހަކީ މިސަރުކާރުގެނައުމަށް ފިތުނަ އުފެއދި އަދި މިހާރުވެސް ސަރުކާރުން ކުރާ ގޯސްކަންތައް ފޮރުވަން މަސައްކަތްކުރާ ނޫހެއް. އެހެންވީމާ އިނާމު ގިނަވީ. ވަގުތަށް ނުލިބުނީ އެހެންވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close