ވާހަކަ

ޅަވިޔަނިން – ޅަކުއްޖާ

(ކުޑަކުދިންގެ ވާހަކަ29 )

ކުޑަކުޑަ ޕަރީއެއް ފަދަ ޅަކުއްޖާ ކޮޓަރީގައި ކުޅެން އިނެވެ. އެއީ އައިލީންގެ ހުރި ހަމައެކަނި ކޮއްކޮއެވެ. ނަމަކީ އަލައިނާއެވެ. އައިލީންގެ އާއިލާއަކީ ފަޤީރު އާއިލާއެކެވެ. އެހެންކަމުން ދިރިއުޅުމަށްޓަކައި އައިލީންގެ ބައްޕަ އާދަނު އެކިއެކި މަސައްކަތްކޮށް އުޅެއެވެ. މަސްވެރިކަން ދެރަ ދުވަސްވަރެއް ނަމަ ރާވެރިކަން ކުރެއެވެ.

ފަތިސް ނަމާދު ކޮށްގެން އާދަނު ރާ ބާލަން ވަލަށް ދެއެވެ. އޭނާގެ ދަނޑުގައި ހުންނަ ރުއްތަކުގައި ހަރުބަނދެފައި ހުރެއެވެ. ބައްޕައާއި އެކު އައިލީން ވެސް ބައެއް ފަހަރު ދަނޑަށް ގޮސް ހަދައެވެ. މިހެން އުޅޭއިރު ފޫހިވަތީ ބައްޕަ ވަނީ ދަނޑުގައި ހުރި ޅޮސްގަހުގައި އުނދޯންޔެއް އެލުވަދީފައެވެ.

ގުޅުންހުރި ލިޔުންތައް

 އައިލީން ވަރަށް އުފަލުން އިނދެ އުނދޯލި ހެއްލަމުން ބައްޕަގެ ހަރަކާތްތަކަށް ބަލާހަދައެވެ. އައިލީންގެ ބައްޕަ ރުކަށް އަރަނީ ޅާނބު ލައިގެންނެވެ. ޅާނބު ހަދާފައި އޮތީ ވަރުގަދަ ނަނަކުންނެވެ. ބައްޕަ ރުކަށް އަރަމުން ރައިވަރާއި ޅެން ކިޔާ ހަދައެވެ. މިހެންވެ އައިލީންނަށްވެސް މިހާރު ވަރަށް ގިނަ ޅެމާއި ރައިވަރުތައް ދަސްވެއްޖެއެވެ.  އައިލީންވެސް ބޮޑުވެގެން ބައްޕަ ފަދަ މަސައްކަތްތެރި މީހަކަށް ވާން ބޭނުންވެއެވެ. (ނިމުނީ)

ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބުދޭށެވެ!

  1.  އައިލީންގެ އާއިލާއަކީ ކޮންކަހަލަ އާއިލާއެއްތަ؟
  2.    ބައްޕަ ރުކަށް އަރަމުން ކުރަނީ ކޮންކަމެއްތަ؟
  3.  ފަތިސް ނަމާދު ކޮށްގެން އާދަނު ކުރަރީ ކޮންކަމެއް؟
  4.  ވާހަކަގައި ހުރި ޅަވިޔަނި އަކުރުން ފެށޭ އެއްޗިހީގެ ނަންތައް ލިޔޭ!
  5.   އައިލީން ބޮޑުވެގެން ވާން ބޭނުންވަނީ ކޮންކަހަލަ މީހަކަށް؟

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close