ޚަބަރު

ދިގު މެދުކެނޑުމަކަށްފަހު ނ.އަތޮޅު ހޮސްޕިޓަލްގެ އައުޓްރީޗް ޕްރޮގްރާމް ފަށައިފި

ގާތްގަޑަކަށް ދޮޅު އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ނ.އަތޮޅު ހޮސްޕިޓަލްގެ އައުޓްރީޗް ޕްރޮގްރާމް އަލުން އެ ހޮސްޕިޓަލުން ފަށައިފިއެވެ.

ނ.އަތޮޅު ހޮސްޕިޓަލް މިވަގުތު ހިންގުމާއި ޙަވާލުވެ ހުންނެވި އެ ހޮސްޕިޓަލްގެ މެނޭޖަރ އަލްފާޟިލް އިސްމާއީލް ޝަފީޤް ނާރެސް މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އައުޓްރީޗް ޕްރޮގްރާމް މިހާރު ފެށިފައިވާ ކަމަށާއި، ޝެޑިއުލް ކުރެވިފައިވާ ގޮތަށް ކޮންމެ މަހަކު އެއްފަހަރު އަތޮޅުގެ ކޮންމެ ރަށަކަށްވެސް ވިޒިޓް ކުރާނެކަމަށެވެ.

އަދި މިދަތުރުގައި ކުޑަކުދިންގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރާއި، އަންހެނުންގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރަކާޢި، އެތެރެ ހަށީގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއް ބައިވެރިވެލައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިއްސޭ އިތުރަށް ވިދާޅުވީ އައުޓްރީޗް ވިޒިޓް ޕްރޮގްރާމްގައި ހިމެނޭ ޑޮކްޓަރުންނަށް ދައްކަން ބޭނުންވާ ފަރާތްތަކުން ކުރިން ނަންނޯޓްކޮށް އެކަމަށްތައްޔާރުވުމުގެ ފުރުޞަތު އޮންނާނެކަމަށާއި، ކޮންމެ ވިޒިޓެއް ކުރުމުގެ 3 ދުވަސް ނުވަތަ 2 ދުވަސްކުރިން އެރަށެއްގެ ހެލްތް ސެންޓަރުން ނަންނޯޓް ކުރުމަށް އިޢުލާންކޮށް އެކަން ޤަވާއިދުން ކުރިއަށް ދާނެކަމަށެވެ.  

އައުޓްރީޗް ޕްރޮގްރާމަކީ ރައްޔިތުންގެ ތާއީދު ވަރަށްބޮޑަށް ލިބޭ ބޭނުންތެރި ޕްރޮގްރާމެއްކަމުގައި އިއްސޭ ފާހަގަކުރެއްވިއެވެ.

އޯގަސްޓް މަހުގެ ދަތުރުތައް މިހާރު ފެށިފައިވާކަމަށާއި، އޯގަސްޓް 5 ން ފެށިގެން ދަތުރުތައް ކުރިއަށްދާއިރު މިއަދު ޓީމް ދިއުމަށް ހަމަޖެހިފައިވަނީ ފޮއްދޫ އަދި ހޮޅުދޫއަށެވެ. 26 އޯސްޓްގައި ދިއުމަށް ހަމަޖެހިފައިވަނީ ވެލިދޫއަށް ކަމަށްވެސް އިއްސޭ ވިދާޅުވިއެވެ.

އެއް ކޮމެންޓް

  1. ޔާމީން ސަރުކާރުގައިވެސް ތިޔަކަން ކުރިދޯ ތީކީ އާކަމެއް ނޫން މެދުކަނޑާލީވެސް އެމްޑިޕީއަށް ވީފަހުން .. ހެހެހެހެހެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close