ޕާތް އޮފް އިސްލާމު ސޮކަރކަޕް ކާމިޔާބުކަމާއިއެކު ނިންމާލައިފި
ޕާތް އޮފް އިސްލާމްގެ ފަރާތުން އަޟްޙާ ޢީދު ފާހަގަ ކުރުމުގެ ގޮތުން ހިންގި ޕާތް އޮފް އިސްލާމު ސޮކަރކަޕް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.
މި މުބާރާތުގައި ވާދަކޮށްފައިވަނީ ޖުމުލަ ހަތަރު ޓީމަކުންނެވެ. އެއީ އެންމެން ދަންނަ އެފްސީ އާއި ހިލި ހިލާ ޔަންގު ސްޓާރ އާއި ބައޯކަލޯ އަދި އޭ.އެން.ޖީ އެވެ.
ފޯރިގަދަ މެޗުތަކަކަށްފަހު މި މުބާރާތުގެ ފައިނަލް މެޗުގައި ވާދަކޮށްފައިވަނީ ބައޯކަލޯ އާއި ކޭ.އެން.ޖީ އެވެ.
ތަފާތު ކުޅުމެއް ފެނިގެންދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ 5 – 0 ން ބައޯކަލޯ ޓީމެވެ.
އެ ޖަމްޢިއްޔާއިން ހާމަކުރާގޮތުގައި އަންނަ އަހަރުވެސް ނ.ވެލިދޫގައި މި މުބާރާތް ބޭއްވިގެން ދާނެއެވެ.

