އަޝްފާގް ގައުމީ ޖާޒީގައި ފެނުމަށް އުންމީދުކުރާކަމަށް އިމްރާން ބުނެފި
ކުރިޔަށް އޮތް ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކަށް ގައުމީޓީމްގެ ސްކޮޑް އެކުލަވާލައިފައިވާއިރު ޤައުމީޓީމުގެ ކޯޗު ނެގި 28 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުން ދަގަނޑޭއަށް ޖާގަ ދީފައިނުވާތީ އެކަމަށް އިޝާރާތްކޮށް ، އުއްމީދަކީ އަޝްފާގް ގައުމީ ޖާޒީގައި ފެނުން ކަމަށް އަޝްފާގާ އެކު ގިނަ ދުވަސްތަކެއް އެކީ ކުޅެފައިވާ ދިވެހި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލް ކީޕަރު އިމްރާން މުހައްމަދު ބުނެފިއެވެ.
އިމްރާން ކޮށްފައިވާ ޓްވީޓެއްގައި އޭނާ ބުނީ ތަޖުރިބާ ހޯދަން ގައުމީ ޓީމު ބޭނުން ކުރުމަށްވުރެ، އޭޖް ގްރޫޕް ތަކުގެ ޓީމުތަށް ތަޖުރިބާ ހޯދަން ބޭނުން ކުރުން މާ ރަނގަޅު ވާނެ ކަމަށާއި، ގައުމީ ޓީމަށް ނަގަންވާނީ އެވަގުތަކު އެންމެ ރަނގަޅަށް ކުޅޭ ކުޅުންތެރިން ކަމަށެވެ. މީގެ އިތުރުން އިމްރާން ބުނީ ޒާތީ ވުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.
އިމްރާން އިތުރަށް ބުނީ އަޝްފާގް ގައުމީ ޖާޒީގައި ފެނުން އެއީ އޭނާ އާއި ހުރިހާ ދިވެހިންގެ އުއްމީދުކަމަށެވެ.
އިމްރާންގެ އިތުރުން ގިނަ ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން މިނިސްޓަރ މަހްލޫފް ވެސް ވަނީ ކޯޗުގެ ނިންމުމަށް ފާޑު ކިޔައިފައެވެ.
އޭނާ ވަނީ މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ފުޓުބޯލަ ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.
ދަގަނޑޭއަށް ގައުމީ ޓީމުން ފުރުސަތު ނުދިނީ ފުރުސަތުދޭ ވަރަށްވުރެ ދަގަނޑޭ މުސްކުޅިވީމާ ކަމަށް ކޯޗުވަނީ ބުނެފައެވެ.


