ޚަބަރު

އިންސްޓާގްރާމާއި، ވަޓްސްއަޕް ރީބްރޭންޑްކުރަނީ

ދުނިޔޭގެ އެންމެމަޝްހޫރު ސޯޝަލް މީޑިއާ ފޭސްބުކް އިން 2012 ވަނައަހަރު ގަނެފައިވާ ފޮޓޯ ސެއަރިންގ އެޕް އިންސްޓާގްރާމާއި، 2014 ވަނައަހަރު ގަނެފައިވާ ވަޓްސްއަޕްގެ ނަން ބަދަލުކޮށް ވަރަށް އަވަހަށް ރީބްރޭންޑްކުރާނެކަމަށް ފޭސްބުކްގެ ބާނީ މާކް ޒަކްބާރކްއާއި، ޙަވާލާދީ ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

މިޚަބަރާގުޅޭ ބައެއް ރިޕޯޓްތައް ބުނާގޮތުން މި ދެ އެޕްލިކޭޝަން ރީބްރޭންޑް ކުރިނަމަވެސް ހަމައެކަނި ނަމަށް އަންނަ ބަދަލެއް ފިޔަވައި މާބޮޑު ޗޭންޖެއް ނުފެންނާނެއެވެ. އަދި ނަމަށް މިގެންނަ ބަދަލަކީ އެ ދެ އެޕަކީވެސް ފޭސްބުކްގެ ދެ އެޕްކަން ގިނަބަޔަކަށް ނޭންގޭތީ އެކަންއެންގުމުގެ ގޮތުން ގެންނަ ބަދަލެކެވެ.

އެގޮތުން އިންސްޓާގްރާމް ގެނަން ” އިންސްޓާގްރާމް ފްރޮމް ފޭސްބުކް” އަދި ވަޓްސްއަޕްގެ ނަން “ވަޓްސް އަޕް ފްރޮމް ފޭސްބުކް” މިގޮތަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި މި ގެނަން ބަދަލު ވަރަށް އަވަހަށް ޕްލޭސްޓޯރުންނާއި، އެޕްސްޓޯރުން ފެންނާނެކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ފޭސްބުކްގެ އުފެއްދުންތަކާއި، އެމީހުންގެ މައި އެޕްލިކޭޝަނަށްވެސް ބަދަލުތައް ގެނެސް ތަރައްޤީކުރަމުން އަންނައިރު ފޭސްބުކް ބޭނުންކުރާ އަމިއްލަ މީސްމީހުންގެ ޕާރސަނަލް މައުލޫމާތު ޖާސޫސްކުރުމުގެ ތުހުމަތުގައި ފޭސްބުކް ވަނީ އެތައް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ. އަދި އެފައިސާ ދެއްކުމަށް ފޭސްބްކުންވެސް ވަނީ އެއްބަސްވެފައެވެ.

ޖާސޫސްކުރި މަޢުލޫމާތަކީ އެމެރިކާގެ މިހާރުގެ ރައީސް ޓްރަންޕްގެ ކެމްޕެއިނަށް އެހީވުމަށް ފޯރުކޮށްދިން މަޢުލޫމާތު ތަކެއް ކަމަށްވެސް ވަނީ ތުހުމަތު ކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close