ޚަބަރު

އުތުރަށް ވަރަށްބޮޑަށް މޫސުން ގޯސް ، ސަމާލުވޭ

ރާއްޖޭގެ އުތުރު ސަރަޙައްދުގެ ބޮޑުބަޔަކަށް މޫސްނުން ވަރަށް ބޮޑަށް ގޯސްވެ ބައެއްރަށްރަށުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ވައިބާރުވުމާއި ކަނޑު ގަދަވުމުގެ ސަބަބުން ފުރާދުއްވޭ ވަރުނުވާތީ ދަތުރުފަތުރު ގެ ދަތިކަންވެސް ގިނަބަޔަކަށް ވަމުންދާކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.

މޫސުމާ ބެހޭ އިދާރާއިންވެސް ވަނީ އުތުރުގެ ބައެއް އަތޮޅުތަކަށް 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ އިންޒާރު ދީފިއެވެ. އެގޮތުން ވަނީ ހއ.އަތޮޅާއި ޅ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ވަނީ ރީނދޫ އިންޒާރު ދިފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކުރެވެއެވެ.

ވައިޖެހޭނީ ދެކުނާއި ހުޅަނގު ދެކުނުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައެވެ.

ނ.ހޮޅުދޫގައި ފެންބޮޑުވުން – ރައްޔިތުން ނުކުމެ ފެންހިއްކުމުގެ މަސައްކަތްކުރަނީ

ރާއްޖޭގެ ކަނޑުތަށް އުތުރާއި މެދުތެރޭގައި ގަދަވާނެ ކަމަށާއި ދެކުނގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close