ޚަބަރު

ބޭނުން ސައިޒަކުން ބަނބުކެޔޮ ކޮށާލެވޭ ބޭނުންތެރި އުފެއްދުމެއް

ރާއްޖޭގެ ގިނަ ރަށްރަށުގައި ބަނބުކޭލަކީ ވަރަށް ޢާންމު އެއްޗެކެވެ. ވަކި މޫސުމަކަށް ބަނބުކެޔޮ ލިބެން ފަށާއިރަށް އެ ކެއުމުގެ ގޮތުން ތަފާތު ބާވައްތަކުގެ ތަކެތި ހަދައެވެ. އެގޮތުން ބަނބުކޭލުގައި ހަދާ އެންމެ ޢާންމު އެއްޗަކީ ބަނބުކެޔޮ ތެލަށް ލުމެވެ. އެހެންގޮތަކުން ބުނަނީނަމަ ތެލުލި ބަނބުކޭލެވެ.

ތެލުލި ބަނބުކޭލަކީ ކާލަން މީރު ކެއުމެކެވެ. އެހެންނަމަވެސް، ތެލުލުމަށްޓަކައި ބަނބުކެޔޮ އެއް ސައިޒަކަށް ފޮތިކޮށް ކޮށާ ހަދާ އަންހެނުންނަށާއި ފިރިހެނުންނަށް އެއީ ކިހާވަރެއްގެ ކަމެއްކަމާއި އެކަމަށް ކިހާ ވަގުތެއް ހޭދަކުރަންޖެހޭކަން އެނގިގެންދާނެއެވެ. ބަނބުކެޔޮ ފޮތިކޮށް ކޮށާ ނިމޭއިރު ބައެއް އަންހެންވެރިންނާއި ފިރިހެން ވެރިންގެ އިނގިލިތައްވެސް ހުންނާނީ ވަރުވަރުން އަނިއަޅާ ފިހަން ތައްޔާރުވެފައިވާ މަހެއް ފަދައިން ވެފައެވެ.

އެހެނަސް މިހާރު މިވަނީ އެކަންވެސް ނިމުމަކަށް ގެންނަންވެފައެވެ. ކަރަންޓެއްވެސް ބޭނުމެއް ނޫނެވެ. އެ އުފެއްދުން ބަހައްޓާކަށް ބޮޑު ސައިޒްގެ ތަނެއްވެސް ބޭނުމެއް ނޫނެވެ.

ނ.ކެނދިކުޅުދޫގެ ރައްޔިތަކު މިވަނީ އެކަމަށްޓަކައި ޚާއްޞަ މެޝިނެއް (އާލާތެއް) އުފައްދާފައެވެ. ކެޔޮކޮށުމަށްޓަކައި އެމީހަކު ބޭނުން ސައިޒަކަށް އެ މެޝިނުގައި އިންނަ ތިލަ، އެޖަސްޓް ކޮށްލެވޭނެއެވެ. އެއަށްފަހު ހަމަ ކެރެޓްކޮށާ ތިލައިގައި ކެރެޓް ދެކޮޅަށް ކާއްތާފަދައިން، އެ ތިލަމަތީގައި ކެޔޮ މަށާލުމަށްފަހު ކާއްތަންވީއެވެ. އޭރުން އެއްސައިޒެއްގައި ހުރިހާ ކެޔޮފޮތިތަކެއް ހުންނާނެއެވެ. އެހާމެ އަތަށް ލުއިވެފައި ފަސޭހަވާނެއެވެ. ވަގުތު ސަލާމަތްވާނެއެވެ.

މި މެޝިން ހޯދުމަށާއި މެޝިނާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9952463 ގުޅުއްވާށެވެ.  

ވަރަށް އަގުހެޔޮކޮށް ލިބޭ މި މެޝިން މިހާރުދަނީ ވަރަށްބާރު ސްޕީޑުގައި ވިކެމުންކަމަށް އެ ފަރާތުން މަޢުލޫމާތު ދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close