ޚަބަރު

ޓޯވކޮށްފައިހުރި އުޅަނދުތައް ނައްތާލައިފި

އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ ޚިލާފުވެގެން އެކި ދުވަސްމަތިން ޓޯކޮށްފައިހުރި އުޅަނދުތަކުގެ ތެރެއިން ގިނަ ޢަދަދެއްގެ އުޅަނދު ނައްތާލައިފިއެވެ.

އިއްޔެ މިތަކެތި ނައްތާލާފައިވަނީ ޕޮލިސް ޓޯވޔާޑުގައެވެ. އިއްޔެ ނައްތާލި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ 64 ސައިކަލަކާއި ހަތަރު ފުރޮޅުލީ ހަތަރު އުޅަނދާއި ފަސް ބައިސްކަލެވެ.

މިއުޅަނދުތައް ނައްތާލާފައިވަނީ ޤަވާއިދާ ޚިލާފަށް މަގުމަތީގައި ޕާކްކުރުމާއި ގުޅިގެން އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ޤާނޫނު ނަންބަރު 22/2015 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް 2 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ)ގެ ދަށުން އުޅަނދުތަކާ ހަވާލުވުމަށް އުޅަނދުތަކުގެ ވެރިފަރާތްތަކަށް ދީފައިވާ 60 ދުވަހުގެ މުއްދަތު ހަމަވުމާއި ގުޅިގެންނެވެ.

(ޕޮލިސްލައިފް)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close