މަޢުލޫމާތު

ޕަވަޕޮއިންޓުގައި ޤުރްއާން މުބާރާތެއްގެ ސުވާލުތައް ހަދާނެ ފަސޭހަގޮތެއް ބޭނުންތޯ ؟

މިހާރަކަށް އައިސް ބޭއްވޭ ގިނަ ޤުރްއާން މުބާރާތްތަކުގައި މުބާރާތުގެ ބައިވެރިން ކިޔަވަންޖެހެނީ ސްކްރީނަކުންނެވެ. ސްކްރީނުގެ ކައިރީ އިށީނުމާއެކު ސްކްރީނުން ފެންނަން ހުންނަ ނަންބަރުތަކުން ނަންބަރެއް ނަގަން ބުނެއެވެ. އެހާ ހިސާބުން އެ ބައިވެރިޔާ ބޭނުންވާ ނަންބަރެއް ބުނުމުން، އެނަންބަރަށް ކްލިކް ކޮށްލުމާއެކު ބައިވެރިޔާ ކިޔަވަން ޖެހޭތަން ސްކްރީނުން ފެނިގެން ދެއެވެ. އަދި ކިޔަވާނިމުމާއެކު އެނބުރި މެނޫއަށް ދިއުމުން ބައިވެރިޔާ ކުރިން ނެގި ނަންބަރު ސްކްރީނުން ފޮހެވިގެން ދެއެވެ. ދެން އަންނަ ބައިވެރިޔަކަށްވެސް އެ ނަންބަރު ނުފެންނާނެ އަދި ނުނެގޭނެ ގޮތަކަށެވެ.

މިއީ ކިހިނެތް ވާ ކަމެއްތޯ އަޅުގަނޑާއި ވަރަށް ގިނަ ޤުރްއާން މުދައްރިސުން ސުވާލު ކުރެއެވެ. އަދި އެހެން ހަދާނެގޮތް ދަސްކޮށްދިނުމަށްވެސް ވަރަށް ގިނައިން އަހާ ހަދައެވެ. ކޮންމެއަކަސް ތިރީގައިވާ ވީޑިޔޯ އިން އެފެންނަނީ އެކަން ކުރެވޭނެ އެންމެ ފަސޭހަގޮތެވެ. އެގޮތަށް ހަދާއިރު ދެން އެމީހެއްގެ ވިސްނުން ބޭނުންކޮށްގެން އިތުރު ގޮތްގޮތަށް ހަދާ ރީތި ކުރުމަކީ އެބޭފުޅެއްގެ އަމިއްލަކަމެކެވެ. ވީޑިޔޯ ޢަމާޒުކޮށްފައި ބޮޑަށް ވާނީ ސުވާލު ނަންބަރު ނެގުމުން ގެއްލިގެންދާ ގޮތް ދައްކާލަ ދިނުމަށެވެ.

މި ލިޔުމުގައި އަޅުގަނޑު ހަދާފައިވާ ބައެއް މުބާރާތްތަކުގެ ޕްރެޒެންޓޭޝަންތަކުގެ ފޮޓޯވެސް ހިމަނާލައިފައި އެވަނީ އެބޭފުޅަކު ބޭނުންގޮތަކަށް ޑިޒައިން ކުރެވޭނެކަން ދައްކާލަ ދިނުމުގެ ގޮތުންނެވެ.

މި ލިޔުމުގައި ހިމަނާފައިވާ ގޮތް ނޫން މާ ފަސޭހަގޮތެއްވެސް އޮތުން އެކަށީގެންވެއެވެ. މިއީ އަޅުގަނޑު ހަމަ ހިއްސާކޮށްލި ހިއްސާކޮށްލުމެކެވެ.

ވީޑިޔޯ ބެއްލެވުމަށް މި ލިންކަށް ވަންނަވާ

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *