ނާރެސް ރޯދަ ކުއިޒް ފަށައިފި
މުޅި މުބާރާތުގެ 1 ވަނައަށްދާ ފަރާތަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ނާރެސް ރޯދަ ކުއިޒް މިއަދު ފަށައިފިއެވެ.
ރަމަޟާންމަހުގެ ކޮންމެ ދުވަހަކުވެސް ސުވާލެއް ގެނެސްދޭނެވެ. އަދި އެ ސުވާލުގެ ރަނގަޅު ޖަވާބު ދިމާކުރައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ކޮންމެ ދުވަހަކު 100 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެއެވެ. މީގެ އިތުރުން މުޅި މުބާރާތުގެ 1 ވަނައަށްދާ ފަރާތަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެއެވެ. 2 ވަނައަށްދާ ފަރާތަކަށް 1000 ރުފިޔާ އަދި 3 ވަނައަށްދާ ފަރާތަކަށް 500 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެއެވެ.
މިއަހަރުވެސް ގެނެސްދެވޭ ސުވާލުތައް ރަމަޟާންމަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް އެދުވަހެއްގެ ސުވާލާއި އިޚްތިޔާރީ ޖަވާބުތައް ނާރެސް ވެބްސައިޓުން ފެންނަން ހުންނާނެއެވެ. ތިރީގައި މިވާ ލިންކުންވެސް ސުވާލަށް ވަދެވޭނެއެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓެވެ. އަދި ކޯ ސްޕޮންސަރ އިންނަކީ ނ.މަނަދޫ ނިއު ވިއު ފިހާރައާއި ނ.ލަންދޫ ސްމާޓް ސެވަން އެވެ.

