މުއައްޒަފުންގެ ފަރާތުން ނާލާފުށީ ރައްޔިތުންނަށް މާހެފުމެއްދީފި
މ.ނާލާފުށީގެ މުއައްސަސާތަކުގެ މުވައްޒަފުންގެ ފަރާތުން ނާލާފުށީގެ އެންމެހައި ރައްޔިތުންނަށް މާހެފުމެއް ދީފިއެވެ.
ނާލާފުށީގެ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި މިއީ ރޯދަމަހާގުޅިގެން ރައްޔިތުންގެ އެކުވެރިކަން ބަދަހިކޮށްލައި ދީނީ ރޫޙް އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި މާހެފުމެކެވެ.
މި މާހެފުން އިންތިޒާމްކޮށްފައިވަނީ މުވައްޒަފުން ގުޅިގެން މުވައްޒަފުންގެ އަމިއްލަ ޚަރަދުގައި ކަމަށްވެސް އެރަށު ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.
މިއީ ނާލާފުށީގައި ކޮންމެއަހަރަކުވެސް ރޯދަމަހާ ދިމާކޮށް ކުރިއަށްގެންދާ ކަމެކެވެ. ނަމަވެސް މިފަދަ ބޮޑު މާހެފުމެއް އިންތިޒާމްކުރި މިއީ ފުރަތަމަ ފަހަރުކަމަށް އެރަށުކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

ރޯދަ ހަދިޔާއެއްގެ ގޮތުން އެރަށުގެ ރައްޔިތުންގެ ގޭގޭގެ ކަރަންޓްބިލްގެ ދެބައިކުޅަ އެއްބައި މިފަހަރުވެސް ނާލާފުށީ ކައުންސިލްގެ ފަރާތުން ދައްކައިދޭ ގޮތަށްވަނީ ކައުންސިލްގެ ޢާއްމު ބައްދަލުވުމަކުން ވަނީ ނިންމާފައެވެ.
