މިއަހަރުގެ ރަމަޟާންމަހުގެ ހަނދުސާބިތު ކުރުން އަންނަ ހޮނިހިރު ދުވަހު
މިއަހަރުގެ ރަމަޟާން މަހުގެ ހަނދުބެލުމާ ހަނދު ސާބިތުކުރުން އަންނަ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. މެއި 4 ވާ ހޮނިހިރު ދުވަހު ރާއްޖޭގެ ރަށްރަށުގައި މެޖިސްޓްރޭޓް ކޯޓުތަކާއި ޑީޖީއޭގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ވިދާޅުވިއެވެ.
ރަމަޟާން މަހުގެ ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމުމާއި ހަމައަށް ހޮނިހިރު ދުވަހުގެ ހަވީރު 5:30 އިން ފަށައިގެން ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓާއި އެ ޑިޕާޓްމަންޓުގެ އިދާރާގެ އިތުރުން ކައުންސިލާއި އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށްވެސް ޑީޖީއޭ އިން ވިދާޅުވިއެވެ.
މާލޭގައި ހަނދު ސާބިތުކުރުމަށްޓަކައި އެ މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމަތީގައި ކަމަށާއި ރަށްރަށުގައި ނަމަ ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައެވެ.
މެޖިސްޓްރޭޓް ކޯޓެއް ނެތް ރަށެއް ނަމަ އެވަގުތަކު ރަށު ކައުންސިލް އިދާރާ ހިންގުމާއި ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިފުޅުމަތީގައި ހެކިބަސް އަދާކުރެވޭނެ ކަމަށްވެސް ޑީޖީއޭ އިން ވިދާޅުވިއެވެ.
ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާވެސް އަވަހަކަށް އެކަމުގެ މައުލޫމާތު ކަމާއި ބެހޭ އިދާރާތަަކަށް ދިނުމަށް ޑީޖޭއަށް އިން ވަނީ އެދިފަ އެވެ.

